ފޭނޫޑްގެ ކޯޗަކަށް މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް ވެންޕަރސީ އައްޔަންކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑު ވެންޕަރސީ. ފޮޓޯ: ފޭސްބުކް

21 ފެބްރުއަރީ 2025 - 05:49
ނެދަލެންޑްސްގެ މަޝްހޫރު ކުލަބް ފެއިނޫޑްއިން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް ރޮބިން ވެން ޕަރސީ އެ ޓީމުގެ ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްކައި ސްޕޯރޓްސް އިން ރިޕޯޓްކޮށްފިއެވެ.
މިހާރު ހީރެންވީންގެ ކޯޗަކަށް ހުރި ވެން ޕަރސީ ފެއިނޫޑްއަށް ގެނައުމަށް އެ ދެ ކުލަބުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ނިކޮލޯ ސްކިރާ ވަނީ ހާމަކޮށްފައެވެ. އޭނާ ފެއިނޫޑްއާ ގުޅިއްޖެ ނަމަ 2027 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެއެވެ.
ފެއިނޫޑްއިން މި ބަދަލު ގެންނަން މަސައްކަތް ކުރަނީ ބްރައިން ޕްރިސްކީގެ ބަދަލުގައި ވަގުތީ ގޮތުން ހަވާލުވެ ހުރި ޕަސްކަލް ބޮސްޗާޓްގެ ބަދަލުގައެވެ. އެހެން ނަމަވެސް އިއްޔެ ރޭ އޭސީ މިލާނާ ކުޅުނު މެޗުން މޮޅުވެ ޗެމްޕިއަންސް ލީގުގެ 16 ވަނަ ރައުންޑަށް ގޮސްފައިވާ ފެއިނޫޑް މިހާރު ވަނީ ލީގުގެ ހަތަރުވަނަ ހިސާބުގައެވެ.
ވެން ޕަރސީއަކީ ފެއިނޫޑްގެ ޔޫތު އެކަޑަމީން ފެށިގެން ކުރިއަރައި ދިޔަ ކުޅުންތެރިއެކެވެ. އަދި 2021 އިން 2024 އަށް އެ ޓީމުގެ ޔޫތު ޓީމުތަކުގެ ކޯޗަކަށްވެސް ހުރި އޭނާ މިދިޔަ އަހަރުގެ ސަމަރގައި ހީރެންވީންގެ މައި ޓީމުގެ ކޯޗަކަށް ވެގެން ދިޔައެވެ. މިހާރު އެ ޓީމު ވަނީ ނެދަލެންޑްސް ލީގުގެ ނުވަވަނައިގައެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
7 މަސް ކުރިން
ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާނީ ވަރުގަދަ ދެ ޓީމާ
7 މަސް ކުރިން
ޤައުމީ އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕަށް ފުރައިފި
6 މަސް ކުރިން