logo
E-Platinum
ކުޅިވަރު

ސްޕެއިންގެ ކުރީގެ ފުޓްބޯޅަ އިސްވެރިޔާ ލުއިސް ރުބިއަލެސް މައްޗަށްކުރާ ޖިންސީގޯނާގެ ދަޢުވާ ސާބިތުވެއްޖެ

އަބްދުﷲ ޣާނިމް
21 ފެބްރުއަރީ 2025 - 06:50
ސްޕެއިންގެ ކުރީގެ ފުޓްބޯޅަ އިސްވެރިޔާ ލުއިސް ރުބިއަލެސް
ސްޕެއިންގެ ކުރީގެ ފުޓްބޯޅަ އިސްވެރިޔާ ލުއިސް ރުބިއަލެސް

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް، ވޯލްޑްކަޕް 2023 ގައި އެޓީމުގެ ކުޅުންތެރިޔާ ޖެނީ ހެމޯސޯގެ ރުހުމެއް ނެތި ބޮސްދިނުމުގެ މައްސަލައިގައި ޖިންސީ ގޯނާގެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެއެވެ.

މިކުށުގެ އަދަބެއްގެގޮތުން އޭނާއަށް 10،800 ޔޫރޯ (8،942 ޕައުންޑް)ގެ ޖޫރިމަނާއެއް ކުރުމަށް ސްޕެއިންގެ ހައި ކޯޓުން ވަނީ ނިންމާފައެވެ .2023 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިނގިރޭސިވިލާތާ ވާދަކޮށް ސްޕެއިން މޮޅުވުމަށްފަހު، މެޑަލް ދިނުމުގެ ރަސްމިއްޔާތުގައި ރުބިއަލެސް ހެމޯސޯގެ ބޮލުގައި ހިފައި އޭނާގެ ތުންފަތުގައި ބޮސްދިނުމުގެ މަންޒަރު މިލިއަނުން މީހުންނަށް ޓީވީން ފެނިގެން ދިޔައެވެ.މި މައްސަލައިގައި ހެމޯސޯ ކޯޓުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ "އަހަރެންގެ ބޮސް އަހަރެންގެ ތުންފަތުގައި ބޮސްދިން. މިއީ އެއްވެސް އިޖްތިމާއީ ނުވަތަ މަސައްކަތުގެ މާހައުލެއްގައި ހިނގައިގެންވާނެ ކަމެއް ނޫން" ކަމަށެވެ.

ކޯޓުގެ ޙުކުމުގައި ރުބިއަލެސްއަށް ހެމޯސޯއާ 200 މީޓަރަށްވުރެ ކައިރިވުމާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް އޭނާއާ މުއާމަލާތް ކުރުން މަނާކޮށްފައިވެއެވެ. ނަމަވެސް، ހެމޯސޯއަށް މަޖުބޫރުކުރުވުމުގެ ދަޢުވާއިން ރުބިއަލެސް ބަރީއަވެފައިވެއެވެ.ރުބިއަލެސް މި ޙުކުމާމެދު ހިތްހަމަނުޖެހި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވާއިރު، އޭނާ ކޯޓުގައި ބުނެފައިވަނީ މިއީ "ނުބައި ނިޔަތެެއްގައި ކުރިކަމެއް ނޫންކަމަށާއި" ކަމަށާއި، "އެވަގުތުގެ ތެރޭގައި ޖަޒުބާތުގައި ހިނގައިދިޔަ ކަމެއް" ކަމަށެވެ. ނަމަވެސް ހެމޯސޯ ބުނެފައިވަނީ މިއީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަހެއް ހަޑިކޮށްލި ކަމެއް ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 10 ދުވަސް ކުރިންދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް ޚަބަރު | 2 މަސް ކުރިންބޯޅަ މައްޗަށް އެރުން ބްރެޒިލްގައި މަނާކޮށްފިކުޅިވަރު | 3 މަސް ކުރިންދިރިހުރި ކުޅުންތެރިއެއް މަރުވިކަމަށްބަލައި އެކަންފާހަގަކުރުމަށްފަހު މާފަށްއެދެފިކުޅިވަރު | 4 މަސް ކުރިން