logoEN
ކުޅިވަރު

ޗެންޕިއަންސް ލީގު ގަދަ 16 ގައި މެޑްރިޑް ޑަރބީ، ޕީއެސްޖީ ލިވަރޕޫލާއި ދެކޮޅަށް

ޔުއޭފާ ޗެންޕިއަންސް ލީގު ޑްރޯ

ޔުއޭފާ ޗެންޕިއަންސް ލީގު ޑްރޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

21 ފެބްރުއަރީ 2025 - 12:57

ޔުއޭފާ ޗެންޕިއަނަސް ލީގު ގަދަ 16 ގެ ގުރުއަތުލުން މިއަދު ކުރިޔަށް ގެންގޮސްފިއެވެ. މިދިޔަ ހަފްތާގައި ނިމުނު ނޮކްއައުޓް ރައުންޑާއެކު، މިއަދު ކުރިޔަށް ގެންދިޔަ ގުރުއަތުލުމުގައި މިމުބާރާތުގެ ކޮންމެ ޓީމެއްގެ ބާކީ ފައިނަލަށް ދާނެ މަގު އެކަށައަޅާފައިވެއެވެ.

އެގޮތުން ރައުންޑު އޮފް 16 ގައި އެންމެ ފާހަގަކޮށްލެވޭ އެއްމެޗަކަށް ވެގެންގޮސްފައިވަނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑާއި ވާދަކުރަންޖެހޭ މެޗެވެ. ފުރަތަމަ ލެގު ރެއާލް ގެ ދަނޑުގައި ކުޅެވޭއިރު ދެވަނަ ލެގުއޮންނާނީ އެތްލެޓިކޯގެ ރިޔާދް އެއަރ މެޓްރޮޕޮލިޓާނޯގައެވެ. މި ސީޒަނުގައި މެދިޓީމު ދެފަހަރު ބައްދަލުކޮށްފައިވާއިރު، ދެމެޗުވެސް ނިމިފައި ވަނީ އެއްވަރުވެގެންނެވެ. ޗެންޕިއަނަސް ލީގުގައި މިދެޓީމު 14-2013 ވަނަ އަހަރުގެ ފައިނަލުގައި ވާފަކޮށް އެފަހަރު ތަށިނަގާފައިވަނީ ރެއާލް މެޑްރިޑްއެވެ. އަދި އޭގެފަހުން 2017 ވަނަ އަހަރު ޗެންޕިއަންސް ލީގު ސެމީފައިނަލުގައި މިދެޓީމު ވާދަކޮށް 4-2 ގެ އެގްރިގޭޓުން ރެއާލް ވަނީ މޮޅުވެ، އެސީޒަނުގައިވެސް ތަށި ނަގާފައެވެ.

ގަދަ 16 ގައި ފާހަގަކޮށްލެވޭ އަނެއްމެޗަކީ ޕީއެސްޖީ އާއި ލިވަރޕޫލް ވާދަކުރަންޖެހޭ މެޗެވެ. މިދެޓީމު ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި ކުޅެވޭއިރު، ދެވަނަ ލެގު ކުޅޭނީ ލިވަރޕޫލްގެ އެންފީލްޑުގައެވެ. މީގެކުރިން މިދެޓީމުވަނީ ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 2018 ވަނަ އަހަރު ވާދަކޮށްފައެވެ. އެފަހަރު ޕީއެސްޖީ ދަނޑުގައި ކުޅެވުނު މެޗުން އެޓީމު މޮޅުވެފައިވާއިރު، ލިވަރޕޫލްގެ ދަނޑުގައި ކުޅެވުނުމެޗު ކާމިޔާބުކުރީ ލިވަރޕޫލްއެވެ.ގަދަ 16 ގެ މެޗުން އާރސެނަލް އާއި ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ، ކުއާޓަރ ފައިނަލުގައި މިދެޓީމު ވާދާކުރަންޖެހޭނެއެވެ.

މުބާރާތުގެ ރައުންޑު އޮފް 16 ގެ މެޗުތައް މާރިޗު 4/5 ގައި އަދި 11/12 ގައި ކުޅެންހަމަޖެހިފާއިރު، ކުއާޓަރ ފައިނަލުގެ މެޗުތައް ކުޅޭނީ އޭޕްރީލް 8/9 އަދި 15/16 އޭޕްރީލްގައެވެ. ސެމީގެ ފުރަތަމަ ލެގު އޭޕްރީލް 29/30 ގައި ކުޅެން ހަމަޖެހިފާއިރު، ދެވަމަ ލެގުކުޅޭނީ 6/7 މެއިގައެވެ. މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ 31 މެއިގައެވެ.

ކޮމެންޓް

871x217_placeholder