ސަމާލުވޭ! އެމްއެމްޕީއާރުސީ އެމްޑީ ޝީއުރީގެ ނަމުގައި ސެކޭމްތަކެއް
22 ފެބްރުއަރީ 2025 - 08:03

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީގެ ނަމުގައި ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާޅުވުމާށް އޭނާ އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓުގައި ދައުރުވަނީ ނޫހެއްގެ ސުރުޚީއެއް ކަމަށް ހަދައި ތައްޔާރުކޮށްފައިވާ ސްކްރީންޝޮޓެކެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ޝިއުރީ ލައިވް ޓީވީއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޭނާއާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation
ޝިއުރީ ވިދާޅުވީ އޭނާގެ ފޮޓޯއާއި ދޮގު މައުލޫމާތުތަކެއް ހިމެނޭ ސޯޝަލް މީޑިއާ ޕޯސްޓެއް ފެތުރެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ޕޯސްޓުތަކުގައި ހިމެނެނީ އޮޅުވާލައިގެން ހަދާފައިވާ ފޮޓޯއަކާއި އެކު އޭނާއަށް ނޭންގި ޓްރޭޑިން ނުވަތަ ފައިސާ ހޯދުމުގެ ވަސީލަތްތަކާއި ބެހޭގޮތުން އިންޓަވިއުއެއް ދިން ކަމަށް ދޭހަވާގޮތަށް ލިޔެފައިވާ އޮންލައިން ނޫހެއްގެ ސުރުހީތަކެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.
ފުރަތަމަ މިކަން ފެނުނު އިރު މާ ނުރައްކާތެރި ކަމެއްހެން ހީ ނުވި ނަމަވެސް މި ޕޯސްޓުގެ ސަބަބުން ބައެއް މީހުންނަށް އޮޅުން އަރާތީމިކަމާ ގުޅޭގޮތުން ސަމާލުވުމަށް ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ މިއީ މަކަރުވެރި ޓްރޭޑިން ޕްލެޓް ފޯމެއް ޕްރޮމޯޓް ކުރުމަށް އޭނާގެ ފޮޓޯ ކްލިކް ބޭޓެއްގެ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ޕޯސްޓެއް ކަމަށެވެ. މިޕޯސްޓުތަކާމެދު ސަމާޅުވުމަށާ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށާ އެއްވެސް ހަބަރެއްގެ ލިންކް އަށް ނުފިތުމަށް ޝިއުރީ އެދިވަޑައިގަތެވެ.
މީގެއިތުރުން މީގެ އެއްވެސް މައުލޫމާތެއް ގަބޫލުނުކުރުމަށާ އަދި ހިއްސާ ކުރުމުގެ ކުރިން އިތުބާރު ހުރި މަސްދަރުތަކުން އެމައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ޝިއުރީ އެދިވަޑައިގެންފައިވެ އެވެއަދި. މިފަދަ ޕޯސްޓެއް ފެނިއްޖެ ނަމަ އެކަން ހުއްޓުވުމަށް ކަމާ ބެހޭ ޕްލެޓްފޯމް އަކަށް ރިޕޯޓް ކުރުމަށްވެސް އޭނާ ވަނީ އެދިފައިވެ އެވެ.
ރާއްޖޭގައި މިހާރު ސްކޭމްގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށީއްސުރެ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިފަދަ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.