logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް"

ޝަހްޒާ މުހައްމަދު
7 ޖުލައި 2025 - 09:33
ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫ އޮފް އަސް"

ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫއޮފް އަސް" ބޭންޑް ހޮވައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ލޯކަލް އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވްސް ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ސަގާފީގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށްގެން ބާރުވެރިކުރުވުންކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމް ޕޯއަރްސީއިން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނޯ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ "ޓޫ އޮފް އަސް " ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެމްޕީއާރުސީން ބުނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާރފޯމަންސްތައް ހިމެނޭހެން ހުރިހައި ޝޯއަކާއި އިވެންޓެއްގައި މި ބޭންޑުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރަމުންދާނެކަމަށެވެ.

މީގެއިތުރުން ސެޕްޓެމްބަރ މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19" ގައި އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތުވެސް ޓޫ އޮފް އަސްއަށް ވަނީ ލިބިފައެވެ. މި ހުރިހައި ޤައުމެއްގައިވެސް އެ ބޭންޑުން ރާއްޖެ އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ޓޫ އޮފް އަސް އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ޕްރޮގްރާމްގެ މަޤްޞަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަޤާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށެވެ.

ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވިޒިބިލިޓީ ލިބިގެންދާނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް އީމެއިލް، ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ.މިއުޒިކް، ވިޝުއަލް އާރޓްސް، ފޮޓޯގްރަފީ، ފިލްމް، ލިޔުންތެރިކަން، ޕާރޕޯމަންސް އަދި ޑިޖިޓަލް މީޑިއާ ފަދަ ގިނަ ދާއިރާތަކުގެ އުފެއްދުންތެރި ވިސްނުމަށް މި އިނިޝިއޭޓިވްއިން މަރުހަބާ ކިޔާކަމަށް އެމްއެމްޕީއާރްސީއިން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީހީ ވަގުތުކޮޅެއް: ލިވަޕޫލްއާއި މެންޗެސްޓަރ ބައްދަލުކުރި މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކޮށްފިޚަބަރު | 14 ދުވަސް ކުރިންލިވަޕޫލްއާއި މެންޗެސްޓަރ މިރޭ ބައްދަލުކުރާ މެޗުގައި 10 ބަހަކުން ރާއްޖެ ޕްރޮމޯޓުކުރަނީ ވިޔަފާރި | 15 ދުވަސް ކުރިންރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާވޭ، ވަރަށް އަވަހަށް ރާއްޖެ ދާނަން: ކެޓްރީނާޚަބަރު | 23 ދުވަސް ކުރިންއެމްއެމްޕީއާރުސީ މައްސަލައިގައި މިހާތަނަށް، 123 މިލިޔަން ރުފިޔާ އަނބުރާ ހޯދަން އަންގައިފިޚަބަރު | މަހެއް ކުރިން