logo
MPL

MPL

ޚަބަރު

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕޭން ދުނިޔެއަށް ހުޅުވާލައިފި

އައިޝަތު އިނާޝާ
4 ނޮވެމްބަރު 2026 - 05:18
"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕޭން ދުނިޔެއަށް ހުޅުވާލައިފި

ވިޒިޓް މޯލްޑިވްސް އިއަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕޭން ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ވާރލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ލަންޑަން 2026 ގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ ކުރިއަށްއޮތް އަހަރު މުޅި ދުނިޔެއަށް ރާއްޖެ އައުމަށް ދެވުނު ބައިނަލްއަޤްވާމީ ދަޢުވަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަހަރަކީ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.

މި ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ އިތުރު ތަންތަން ތަޖުރިބާކުރުމަށް ހިތްވަރުދިނުމާއި، މުޅި ދާއިރާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވިޔަފާރިތަކަށް އާ ފުރުޞަތުތައް ހޯދައިދިނުމެވެ.

ޑަބްލިޔުޓީއެމްގައި މި ކެމްޕެއިން އިފްތިތާޙިކޮށް ތަޢާރަފުކޮށްދެއްވީ، ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.

މި ބައްދަލުވުމުގައި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، "ވިޒިޓް މޯލްޑިވްސް އިޔަރ 2027" އަކީ ދިވެހިރާއްޖޭގެ އެންމެ ފުރިހަމަ ސިފަތައް މުޅި ދުނިޔެއަށް ދައްކުވައިދިނުމަށްޓަކައި، ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށްދާ ޤައުމީ ބޮޑު ދަތުރެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި، މުއްސަނދި ސަގާފަތުގެ އިތުރުން ރާއްޖޭގެ ހޫނު މެހެމާންދާރީ މުޅި ދުނިޔެއަށް ފާހަގަކޮށްދީ، ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ހުޅުވާލަދޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ކެމްޕެއިންގެ މަޢުލޫމާތު މިހާރުވެސް ބޭރުގެ މީޑިއާތަކާ ހަމައަށް ފޯރާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެންމެންގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ވަރުގަދަކުރުން ކަމަށެވެ. އަދި "ސަނީ ސައިޑް އޮފް ލައިފް" މުޅި ދުނިޔެއާއެކު ފާހަގަކުރަމުން، 2027 ވަނަ އަހަރަކީ ތާރީޚީ އަދި ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕޭން ދުނިޔެއަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިންވިޒިޓް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރަކަށް ޔާސިރު ޚަބަރު | 2 މަސް ކުރިންރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ 'ޓީޓީއެމް' ގެ 10 ވަނަ އެޑިޝަން ފަށައިފިޚަބަރު | 2 މަސް ކުރިން