logo
Bank of Maldives

Bank of Maldives

ޚަބަރު

ކާނާ ވިހަވެގެން ގެންދިޔަ ހުރިހާ ބިދޭސީން ފަރުވާއަށް ފަހު ދޫކޮށްލައިފި

އާމިނަތު ޝަފާ
23 ފެބްރުއަރީ 2025 - 05:13
ކާނާ ވިހަވެގެން ގެންދިޔަ ހުރިހާ ބިދޭސީން ފަރުވާއަށް ފަހު ދޫކޮށްލައިފި

ކާނާ ވިހަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ރޭ ގެންދިޔަ އެންމެންވެސް ފަރުވާއަށް ފަހު މިހާރު ދޫކޮށްލައިފިއެވެ.

މެންދުރު ޓީވީއަށް މައުލޫމާތުދެމުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ ކާނާ ވިހަވެގެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ތިބި 19 މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާދީފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާނާ ވިހަވެގެން ފަރުވާ ދިން މީހުންގެ ތެރޭގައި ހިމެނޭ 3 އަންހެނަކާއި 16 ފިރިހެނުން ރޭ ދޫކޮށްލާފައިވާއިރު ބާކީ ތިބި މީހުން ދޫކޮށްލީ މިއަދުއެވެ.

ހާދިސާއާ ގުޅިގެން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހުޅުމާލެ ހޮސްޕިޓަލުގެ ނަރުހުންނާ ޑޮކްޓަރެއްވެސްވަނީ ފޮނުވާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވެސް ރޭ ވަަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން ހުރިހާ ބިދޭސީން އަނބުރާ ޑިޓެންޝަން ސެންޓަރަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 22 ދުވަސް ކުރިންހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފިޚަބަރު | މަހެއް ކުރިންހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް އޯގަސްޓުމަހު ޚިދުމަތް ދޭން ފަށަނީޚަބަރު | 2 މަސް ކުރިންމިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޑަޔަލަސިސް ހެދުމަށް ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: ރައްޒާގުޚަބަރު | 2 މަސް ކުރިން