logoEN
ކުޅިވަރު

އާރސެނަލް ރަސްމީކޮށް ބޮޓްލް އެފްސީގެ ޓައިޓަލް ހޯދައިފި

އާރސެނަލް ވަނީ ރަސްމީކޮށް ޓައިޓަލް ރޭހުން ބޭރުވުމާއި ގާޓުގައި. ފޮޓޯ: ބީ.ބީ.ސީ

އާރސެނަލް ވަނީ ރަސްމީކޮށް ޓައިޓަލް ރޭހުން ބޭރުވުމާއި ގާޓުގައި. ފޮޓޯ: ބީ.ބީ.ސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ފެބްރުއަރީ 2025 - 06:33

ޕްރިމިއާ ލީގުގެ އެންމެ މަތީގައި އޮތް ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށް ރަސްމީކޮށް ޓައިޓަލް ޗެލެންޗަށް އެރުމުގެ ފުރުސަތު އާސެނަލްއަށް ގެއްލިއްޖެއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ރޭގައި 73 މިނެޓުން ފެށިގެން 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު އާރސެނަލް ވެސްޓްހޭމް އަތުން ބަލިވީ 1-0 އިންނެވެ. މީގެކުރިން މިސީޒަނުގައި މިގޮތަށް ލިވަރޕޫލާއި ޓައިޓަލް ރޭހުގައި ވާދަކުރުމަށް ލިބުނު ފުރުސަތު އާރސެނަލް އިން ވަނީ ގެއްލުވާލާފައެވެ.

ބުދަ ދުވަހު ތާވަލުގެ އެއްވަނައިގައިވާ ލިވަޕޫލް އެސްޓަން ވިލާއާ އެކު 2-2 އިން އެއްވަރުވުމާ ގުޅިގެން، އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ކުރިމަތިލާން އޮތް ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 5 އަށް ކުޑަކުރުމުގެ ފުރުސަތު އާސެނަލްއަށް ލިބުނެވެ. ނަމަވެސް ރޭގެ މެޗުގައި އާރސެނަލް ފެނިގެންދިޔައީ ވަރަށް ދަށްކޮށެވެ.

ފުރަތަމަ ހާފުގެ ނިމުމާ ކައިރިވަނިކޮށް ޖެރޮޑް ބޮވެން ވަނީ އެރޮން ވަން-ބިސަކާގެ ކްރޮސްއަކުން ލަނޑެއް ޖަހާފައެވެ. އަދި 73 ވަނަ މިނެޓުގައި އާސެނަލްގެ ސަބްސްޓިޓިއުޓް މައިލްސް ލުއިސް-ސްކެލީ މުހައްމަދު ކުދޫސްއަށް ފައުލްކުރުމާ ގުޅިގެން ރަތް ކާޑު ދެއްކުމުން އާސެނަލްގެ އުއްމީދުތައް އިތުރަށް ފަނޑުވެގެން ދިޔައެވެ.

މި މެޗާ އެކު ވެސްޓްހެމް ވަނީ ރެލިގޭޝަން ޒޯނާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް ހިފަހައްޓާފައެވެ. އަދި އާދިއްތަ ދުވަހުގެ މެޗަށްފަހު އާސެނަލްއާއި ލިވަޕޫލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 11 އަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

871x217_placeholder