logoEN
ކުޅިވަރު

ލޯނު ޗެލްސީ ލޯނުން ތަޅައި ބަލިކުރިއިރު، ޓޮޓްނަމް އަށް މުހިންމޮ މޮޅެއް

ޗެލްސީ މެޗުގައި ލަނޑުޖެހި ލޯނު ދެކުޅުންތެރިން. ފޮޓޯ: އެސްޓަންވިލާ

ޗެލްސީ މެޗުގައި ލަނޑުޖެހި ލޯނު ދެކުޅުންތެރިން. ފޮޓޯ: އެސްޓަންވިލާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

23 ފެބްރުއަރީ 2025 - 07:45

އިނގިރޭސި ޕްރީމިއަރ ލީގުގައި އަދި ފުޓްބޯޅައިގަވެސް އެންމެ ގިނަ ލޯނު ކުޅުންތެރިން ގެންގުޅޭ ޗެލްސީ، އެސްޓަންވިލާގެ ލޯނު ކުޅުންތެރިންގެ ދަށުވެއްޖެއެވެ. ރޭގައި އެސްޓަން ވިލާއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. މީގެއިތުރުން ޓޮޓްނަމް ވަނީ އިޕްސްވިޗް ޓައުން އަތުން މުހިންމު މޮޅެއް ހޯދާފައެވެ.

ޗެންޕިއަންސް ލީގުގެ ގަދަ 16 ގައިވެސް ވާދަކުރާ އަދި ގަދަ 4 އަށް ދިޔުމަށް މަސައްކަތް ކުރާ އެސްޓަންވިލާ ޗެލްސީ އަތުން މޮޅުވީ ޗެލްސީ ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ދެގޯލުޖަހައިގެންނެވެ. މިމެޗުގައި އެސްޓަންވިލާގެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ މި ޖަނަވަރީ ޓްރާންސްފަރ މާކެޓްގައި ލޯނު އެއްބަސްވުމުއްގެ ދަށުން ޕީއެސްޖީއިން އެސްޓަންވިލާ އަށް ބަދަލުވި އެސަންސިއޯ އެވެ. އަދި މިދެގޯލު ޖެހުމުގައި އެހީތެރިވެ އެސިސްޓް ދީފައިވަނީ ލޯނު ކުޅުންތެރިޔާ ރަޝްފޯޑެވެ. ޗެލްސީގެ ހަމައެކަނި ގޯލު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. ރޭގެ ބައްޔާއެކު ޗެލްސީއަށް 5 ވަނައަށް އެރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

މީގެއިތުރުން ޓޮޓްނަމް ވަނީ އިޕްސްވިޗް ޓައުން އާއި ވާދަކޮށް 3-1 އިން މޮޅުވެ، ތާވަލުގެ 12 ވަނައިގައި ހިފަހައްޓާލާފައެވެ. ޓޮޓްނަމްގެ ދެގޯލު ޖޯންސން ކާމިޔާބުކޮށްދިންއިރު، އަނެއް ދެގޯލު ކާމިޔާބުކޮށްދިނީ ސްޕެންސް އާއި ކުލުސެވްސްކީއެވެ.

ކޮމެންޓް

871x217_placeholder