logoEN
ޚަބަރު

ބީއެމްއެލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް ބަދަލުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

23 ފެބްރުއަރީ 2025 - 12:59

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ބޭންކިންގ ޚިދުމަތްތައް ލިބޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކުން މި ބަދަލު ގެންނަނީ ރޯދަ މަހާ ދިމާކޮށެވެ. މިހާރުވެސް އޮންލައިންކޮށް އަދި ބޭންކުގެ އެހެނިހެން ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ބޭންކުން ދެމުން ގެންދެއެވެ. މިއާއެކު އައު 6 ޚިދުމަތެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއްވިއެވެ.

މި ޚިދުމަތްތަކުގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ނެގުން، ފައިސާ ޓްރާންސްފަރ ކުރުން، ލޯނާއި ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، މުދާ ގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، އަދި ލުއި ލޯނާއި ފައިނޭންސް ދޫކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުމާއި، އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުމުގެ ޚިދުމަތްތަކާއި، ޒަކާތް ދެއްކުމުގެ ޚިދުމަތްވެސް އޮންލައިންކޮށް ލިބޭނެއެވެ.

ބީއެމްއެލްއިން އިތުރަށް ވިދާޅުވީ، އާންމުކޮށް ބޭންކަށް ދާންޖެހޭ ގޮތަށް މިހާތަނަށް އިންތިޒާމުވެފައި ހުރި ބައެއް ޚިދުމަތްތައްވެސް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ބޭންކުގެ ކަސްޓަމަރުންގެ ކާޑުތައް ބޭންކަށް ނުގޮސް ނެގޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ދާދި އަވަހަށް ފަށާނެ ކަމަށްވެސް ބީށްވެސް ބީއެމްއެލްއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކުގެ ޕީ.އޯ.އެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުޢާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކ ޖަމާކޮށްދޭގޮތަށް ބަދަލުގެނެސްފައިވާ ކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއްވިއެވެ.

މި ބަދަލުތަކާއެކު، ބޭންކުގެ ޚިދުމަތްތައް އިތުރަށް ފަސޭހަވެ، ކަސްޓަމަރުންނަށް ވަގުތު ސަލާމަތްވެގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ކޮމެންޓް

871x217_placeholder