logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިންގެ އަދަދު ހިފެހެއްޓުމެއް ނެތި މައްޗަށް

އަޙްމަދު ޒަލީފް
23 ފެބްރުއަރީ 2025 - 13:56
ފަތުރުވެރިންގެ އަދަދު ހިފެހެއްޓުމެއް ނެތި މައްޗަށް

މިދިޔަ ހަފްތާގައި ރާއްޖެއަށް 54،525 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިނގިރޭސިވިލާތް، ރަޝިއާ އަދި އިޓަލީ ފަތުރުވެރިންނެވެ.

މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 54،525 ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް މިދިޔަ ހަފްތާތެރޭ އެންމެ ގިނައިން އައިފައިވނީ އިނގިރޭސި ފަތުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެ 5،902 ފަތުރުވެރިން މިދިޔަ ހަފްތާތެރޭގައި އައިސްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 389,223 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 362،905 ފަތުރުވެރިންނާއި އަޅާބަލާއިރު، 7.3 އިންސައްތަ އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަހަރަގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް 56،150 ފަތުރުވެރިން އައިސްފައިވެއެވެ. 38،505 ފަތުރުވެރިންނާއެކު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިންކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރު މަސް ނިމުނުއިރު މާކެޓުގެ އެއްވަނައިގައި ޗައިނާވިޔަފާރި | 7 ދުވަސް ކުރިންރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފި ޚަބަރު | 22 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،769،618އަށް އަރައިފިޚަބަރު | މަހެއް ކުރިންފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.5 މިލިއަނަށްޚަބަރު | 3 މަސް ކުރިން