އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،769،618އަށް އަރައިފި
އާމިނަތު ޝަފާ
24 އޮކްޓޯބަރު 2025 - 10:32

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،769،618 އަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 10 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 22 ގެ ނިޔަލަށް ރާއްޖެއަށް 1،769،618 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Ad by Hajj Corporation
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:
- ޗައިނާ: 287،970 ފަތުރުވެރިން
- ރަޝިއާ: 218,862 ފަތުރުވެރިން
- އިނގިރޭސިވިލާތް: 155،862 ފަތުރުވެރިން
- ޖަރުމަނުވިލާތް: 129,942 ފަތުރުވެރިން
- އިޓަލީވިލާތް: 117،766 ފަތުރުވެރިން
- އިންޑިއާ: 102،346 ފަތުރުވެރިން
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.


