logo
MPL

MPL

ޚަބަރު

ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހިތާދޫ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފި

މުޙައްމަދު އަފްރާޙް
15 ޖެނުއަރީ 2026 - 07:12
ބ. ހިތާދޫ ގެސްޓްހައުސްގެ މީހަކަށް ފުލުހުން އިރުޝާދު ދެނީ
ބ. ހިތާދޫ ގެސްޓްހައުސްގެ މީހަކަށް ފުލުހުން އިރުޝާދު ދެނީ

ބ. ހިތާދޫ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 މި ހަރަކާތަކީ ޓޫރިސްޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ފަތުރުވެރިންނަށް ކުރިމަތިވާ އެކި ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގައި، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ފަތުރުވެރިންގެ ފަރާތުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާ ހިއްސާކުރަންޖެހޭ މައުލޫމާތާތުތައް ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، ގެސްޓްހައުސްތަކުގެ ސަލާމަތާއި ރައްކާތެރކަމާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ފަތުރުވެރިންނާއި ގެސްޓްހައުސް ހިނގާ ފަރާތްތައް ހޭލުންތެރިކުރުވައި އަހުލުވެރިކުރުވުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 3 ގަޑިއިރު ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 7 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 7 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 8 ދުވަސް ކުރިން