ނޮވެމްބަރު މަސް ނިމުނުއިރު މާކެޓުގެ އެއްވަނައިގައި ޗައިނާ
1 ޑިސެމްބަރު 2025 - 06:21

ނޮވެމްބަރުމަސް ނިމުނުއިރު ޗައިނާއިން ރާއްޖެއަށް 312,478 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

Ad by Hajj Corporation
އެގޮތުން ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް 2,022,061 ފަތުރުވެރިންވަނި ޒިޔާރަތްކޮށްފައެވެ. ނޮވެންބަރ މަހު އެކަނި ރާއްޖެއަށް 195،000 އަށްވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:
ޗައިނާ – 312,478 ފަތުރުވެރިން
ރަޝިއާ – 253,834 ފަތުރުވެރިން
އިނގިރޭސިވިލާތު – 181,300 ފަތުރުވެރިން
ޖަރުމަންވިލާތު – 152,739 ފަތުރުވެރިން
އިޓަލީވިލާތު – 132,004 ފަތުރުވެރިން
އިންޑިއާ- 117,177 ފަތުރުވެރިން
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ.


