logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފި

އާމިނަތު ޝަފާ
16 ނޮވެމްބަރު 2025 - 11:04
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،923،496 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

* ޗައިނާ: 303،035 ފަތުރުވެރިން
* ރަޝިއާ: 242،542 ފަތުރުވެރިން
* އިނގިރޭސިވިލާތް: 171،213 ފަތުރުވެރިން
* ޖަރުމަނުވިލާތް: 144،278 ފަތުރުވެރިން
* އިޓަލީވިލާތް: 125،582 ފަތުރުވެރިން

މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6437 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 73.7 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހިތާދޫ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފިޚަބަރު | 21 ދުވަސް ކުރިންނޮވެމްބަރު މަސް ނިމުނުއިރު މާކެޓުގެ އެއްވަނައިގައި ޗައިނާވިޔަފާރި | 2 މަސް ކުރިންރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އަރައިފި ޚަބަރު | 3 މަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،769،618އަށް އަރައިފިޚަބަރު | 3 މަސް ކުރިން