މިފަހަރުވެސް އެއްބަސްވުމާ ހިލާފުވީ ޔަހޫދީން، 620 ރައްޔިތުން މިނިވަން ނުކޮށް އެބަތިބި


23 ފެބްރުއަރީ 2025 - 14:04
ފަަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން މިނިވަން ކުރަން ޖެހޭ ފަލަސްޠީނުގެ 620 ރައްޔިތުން މިނިވަން ކުރުން ޔަހޫދީން ފަސްކޮށްފިއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ އެއްގޮތަށް ޙަމާސުން ފެބުރުވަރީ 22ވަނަ ދުވަހު ވަނީ ހަ އަސީރުން މިނިވަން ކޮށްފައެވެ. އެއީ، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ޙަމާސުން މިނިވަން ކުރާނެ ކަމަށް ބުނެފައިވާ ދިރިތިބި އަސީރުންގެ ތެރެއިން އެންމެ ފަހު ގުރޫޕެވެ.
އަސީރުންގެ ތެރެއިން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ޙަމާސުން ދަނީ ޔަހޫދީންނާ ޙަވާލު ކުރަމުންނެވެ. މި ގޮތުން، މި ފެށުނު ހަފުތާގައި ވެސް އެ ޖަމާޢަތުން އިތުުރު ހަތަރު އަސީރެއްގެ ހަަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމަށް އޮތީ ހަމަޖެހިފައެވެ.
ޙަމާސުން މިނިވަން ކޮށްފައިވާ އަސީރުންގެ ތެރޭގައި، މީގެ ދަހަރެއްހާ ދުވަސް ކުރިން ނުޤަވާޢިދުން ޣައްޒާއަށް އެތެރެވެފައިވާ ދެ ޔަހޫދީން ވެސް ހިމެނެއެވެ.
އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އަދިވެސް އިތުރު 63 އަސީރުން ތިބި ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ ކަމުގައި ޙަމާސުން ވަނީ ބުނެފައެވެ.ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އަސީރުން ބަދަލު ކުރަމުން ދަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
އިތުރު ލިޔުންތައް

ޔަހޫދީން މަސައްކަތް ކުރަނީ ހޫޘީންނަކީނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައެޅުމައް
4 މަސް ކުރިން
ޞަންޢާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ހޫޘީން އެމެރިކާއަށް އިންޒާރު ދީފި
4 މަސް ކުރިން
ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި
3 މަސް ކުރިން