ޔަހޫދީންގެ ބާރުވެރިކަން ގެއްލުން: އިލާހީ ވަޢުދުފުޅާއި މުސްލިމުންގެ ނަޞްރު
12 މާރިޗު 2026 - 09:37

ކާއިނާތުގެ ހުރިހާ ބާރެއް މިލްކުވެގެންވަނީ މާތް الله އަށެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު، ބާރުގަދަ ކަމަށް ދަޢުވާކުރި ކިތަންމެ އުއްމަތްތަކެއް ވަނީ ނެތިގޮސްފައެވެ. މިއަދު އިސްލާމީ އުއްމަތާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަމާއި، އެބައިމީހުން ދައްކަމުންދާ ބާރުވެރިކަމަކީ ދާއިމީ ކަމެއް ނޫންކަމާއި، އެބައިމީހުންގެ ބާރުވެރިކަން ކެނޑި މުސްލިމުންނަށް ނަޞްރު ލިބޭނެކަން ކީރިތި ޤުރްއާނާއި ސުންނަތުން ސާފުކޮށް އެނގެން އޮވެއެވެ.
މާތް الله ކީރިތި ޤުރްއާނުގެ ސޫރަތުލް އިސްރާގައި ވަނީ ބަނީ އިސްރާއީލީންގެ ބާރުވެރިކަމާއި އެބައިމީހުން ބިމުގައި ފަތުރާނެ ފަސާދައިގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ:

Ad by Hajj Corporation
"وَقَضَيْنَا إِلَىَ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنّ فِي الأرْضِ مَرّتَيْنِ وَلَتَعْلُنّ عُلُوّاً كَبِيراً فَإِذَا جَاءَ وَعْدُ أُولاهُمَا بَعَثْنَا عَلَيْكُمْ عِبَاداً لّنَا أُوْلِي بَأْسٍ شَدِيدٍ فَجَاسُواْ خِلاَلَ الدّيَارِ وَكَانَ وَعْداً مّفْعُولاً " (سورة الإسراء: 4-5)
މި އާޔަތުގެ މާނައީ: "އަދި ބިމުގައި ތިޔަބައިމީހުން ދެފަހަރު ފަސާދަ އުފައްދާނޭކަމަށާއި، އަދި ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވެގަންނާނޭކަމަށް، ތިމަންރަސްކަލާނގެ ފޮތުގައި ބަނީ އިސްރާއީލުގެމީހުންނަށް އެންގެވީމެވެ. ފަހެ، އެ ދެފަހަރުން ކުރެ ފުރަތަމަ ފަހަރުގެ ވަޢުދު އައިހިނދު، ގަދަފަދަ ހަނގުރާމަވެރި ބަޔަކު (އެބަހީ: ތިމަންރަސްކަލާނގެ އަޅުންތަކަކު) ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ، އެއުރެން ގޯތިގެދޮރުގެ ތެރެއަށް ވަދެ ހޯދައި ބެލިއެވެ. އަދި އެއީ ކުރެވި ނިމިފައިވާ ވަޢުދެއް ކަމުގައިވިއެވެ."
މި އާޔަތްތަކުން އެނގެނީ ޔަހޫދީން ބިމުގައި ފަސާދަ އުފައްދައި ބޮޑާވެގަންނަ ކޮންމެ ހިނދެއްގައި، އެބައިމީހުންގެ ބާރު ކަނޑުވާލުމަށްޓަކައި މާތް الله ގަދަފަދަ ބަޔަކު ފޮނުއްވާނެ ކަމެވެ. މިއީ މިއަދުގެ ޙާލަތަށް ބެލިޔަސް ފެންނަން އޮތް ޙަޤީޤަތެކެވެ. އެބައިމީހުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމަކީ އެބައިމީހުންގެ ބާރުވެރިކަން ނެތިދިއުމުގެ ފެށުމެވެ.
ޔަހޫދީންނަކީ މުސްލިމުންނާ އެންމެ ބޮޑަށް ދެކޮޅުވެރި ބައެއްކަން ބަޔާންކުރައްވައި މާޢިދާ ސޫރަތުގެ 82 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:
"لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَى ذَلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ "
މާނައީ: "އީމާންވި މީހުންނަށް އެންމެ ޢަދާވާތްތެރިކަން ބޮޑު މީހުންނަކީ، ޔަހޫދީންނާއި، މުޝްރިކުންކަން ކަށަވަރުންވެސް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.."
ޔަހޫދީންގެ މި ދެކޮޅުވެރިކަމުގެ ސަބަބުން އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އެބައިމީހުންގެ މައްޗަށް ނަޞްރު ހޯދާނެ ބަޔަކު އަންނާނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ﷺ ވަނީ ދެއްވާފައެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "އަދި ތިޔަބައިމީހުން (ދީނުން) އެނބުރިގަންނަނަމަ، ތިޔަބައިމީހުން ނޫން އެހެން ބަޔަކު އެކަލާނގެ ބަދަލު ކުރައްވައިފާނެތެވެ. ދެން އެއުރެން ތިޔަބައިމީހުން ފަދަ ބަޔަކު ކަމުގައި ނުވާނެތެވެ." (މުޙައްމަދު ސޫރަތް: 38).
މި އާޔަތް ނާޒިލްވުމުން، ކީރިތި ރަސޫލާ ﷺ ސަލްމާނުލް ފާރިސީ رضي الله عنه ގެ ކޮނޑުފުޅުގައި ޖައްސަވައި ޙަދީޘް ކުރެއްވިއެވެ: « لَوْ كَانَ الإِيمَانُ عِنْدَ الثُّرَيَّا لَنَالَهُ رِجَالٌ مِنْ هَؤُلَاءِ »މާނައީ: "އީމާންކަން (ދުރުގައިވާ) ثريا ތަރިތަކާ ހަމައިގައި ހުރިކަމުގައި ވިޔަސް، މިބައިމީހުންގެ ތެރެއިންވާ ފިރިހެނުންތަކެއް އެއާ ހަމައަށް ވާޞިލްވާނެއެވެ." (ރިވާކުރެއްވީ: ބުޚާރީ އަދި މުސްލިމް).
މި ޙަދީޘްފުޅުގެ މުރާދަކީ ފާރިސީންގެ ތެރެއިން އީމާންކަމާއި ޢިލްމުގައި މަތިވެރި ދަރަޖައަކަށް ދާނެ ބަޔަކު އަންނާނެ ކަމެވެ. އިސްލާމީ އުއްމަތުގެ ދިފާޢުގައި އަދި ޔަހޫދީންގެ ބާރުވެރިކަން ކަނޑުވާލުމުގައި ޢަޖަމީންގެ (ޚާއްޞަކޮށް ފާރިސީންގެ) މުހިންމު ދައުރެއް އޮންނާނެކަން މީގެން ދޭހަވެއެވެ.
ނިންމާލަމުން ދަންނަވާނީ، ޔަހޫދީންގެ ބާރުވެރިކަމަކީ ބާތިލުގެ މައްޗަށް ބިނާވެފައިވާ ވަގުތީ ބާރެކެވެ. މާތް الله ގެ ވަޢުދުފުޅަކީ ޙައްޤު ވަޢުދުފުޅެކެވެ. މުސްލިމުން އިޚްލާޞްތެރިކަމާއެކު ދީނުގައި ސާބިތުވެ، ތައްޔާރުވެއްޖެ ނަމަ، ޔަހޫދީންގެ ބާރުވެރިކަން ފުނޑުފުނޑުވެ، އިސްލާމީ އުއްމަތަށް ފުރިހަމަ ނަޞްރު ލިބޭނެ ދުވަސް މާލަހެއް ނުވެ އަންނާނެއެވެ. އެއީ މާތް الله ކަނޑައަޅުއްވާފައިވާ އިލާހީ ޤާނޫނެވެ.
ލިޔުއްވީ: ޝައިޚް މުޙައްމަދު މަންޞޫރު އާދަމް


