logoEN

ތައިލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިއްޖެ

ތައިލެންޑުގެ ޗިއަނގް ރާއީ ޕްރޮވިންސުގައި ފެންބޮޑު ވެފައިވަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައޮޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ،ަސައްކަތް ކުރަނީ/ ފޮޓޯ:ރޮއިޓާރސް

ތައިލެންޑުގެ ޗިއަނގް ރާއީ ޕްރޮވިންސުގައި ފެންބޮޑު ވެފައިވަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައޮޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ،ަސައްކަތް ކުރަނީ/ ފޮޓޯ:ރޮއިޓާރސް

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

11 ސެޕްޓެމްބަރު 2024 - 13:33

ތައިލެންޑަށް ބޯކޮަށް ވާރޭވެހި ފެންބޮޑުވުމުން އެތައް ސަތޭކަ ބަޔަކު ހަލުގައި ޖެލިއްޖެއެވެ.

ތައިލެންޑުގެ އުތުރު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހެމުންދަނީ އެ ސަރަހައްދަށް އަރާފައިވާ ބާރުގަދަ ތޫފާނަކާއި ގުޅިގެންނެވެ.

މިކަމާ ގުލިގެން ހިނގި އެކިހާދިސާތަކުގައި ވަނީ ދެމީހަކު މަރުވެފައެވެ. މި ދެމީހުން މަރުވފަި ވަނީ ޗިއަންގ މާއީންނެވެ. މިއީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮސްފައިވާ އެއް ސަރަހައްދެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޗިއަންގ މާއީއާއި ޗިއަންްގ ރާއީ ޕުރޮވިންސް ހިމެނެއެެވެ ޗިއަންގ ރާއީ ޕުރޮވިންސުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރުގައި ތާށިވެފައެވެ. އަދި, އެ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ތައިލެންޑުގެ އިދާރާތަކުން ބުންޏެވެ. މެދުކެނޑުމެއްނެތި ވެހުނު ވާރޭގެ ސަބަބުން އެ ޤައުމުގެ އެންމެ އުތުރުގައި އޮތް ދެ ޕުރޮވިންސެއްގެ ތެރެއިން ދެމޭ ކޯރުތައްވެސް ވަނީ ފުރިގެން ބަންޑުންވެފައެވެ. އަދި, ބައެއް ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކިސަޑު ފާބައި އެތަކެއް ސަތޭކަ ބަޔަކު ވަނީ ތާށިވެފައެވެ.

ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން 9,000އަށްވުރެ ގިނަ ގޭބީސީއަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. އަދި ކޯރުތަކުގެ އޮއި އަދިވެސް ދަނީ އިތުރަށް ބާރުވަމުން ކަމަށާއި ހުރިހާ އިދާރާއަކުން އޮތީ ތައްޔާރީ ހާލަތުގައި ކަމަށް އޭނާ ވިދަޅުވިއެވެ. އޭނާ ވިދަޅުވީ އޮއި މަޑުވުމުން ހާލުގައި ޖެހިފައިވާ ތިބި މީހުން ތިބި ސަރަޙައްދުތަކަށް އޭޖެންސީތަކުގެ ޓީމުތަކުން ދާނެކަމަށެވެ.

ކޮމެންޓް

871x217_placeholder