logo
MPL

MPL

ޚަބަރު

ތައިލެންޑުގެ ޕްރިންސަސް އަވަހާރަވުމުގެ ހިތާމައިގާ ރައީސް ތައުޒިޔާ ފޮނުއްވައިފި

ތައިލެންޑުގެ ޕްރިންސަސް އަވަހާރަވުމުގެ ހިތާމައިގާ ރައީސް ތައުޒިޔާ ފޮނުއްވައިފި

ތައިލޭންޑުގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ ހަރ ރޯޔަލް ހައިނަސް ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވުމާއި ގުޅިގެން، ތައިލެންޑުގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގ މަހާ ވަޖިރަލޮންގކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ، ހަރ ރޯޔަލް ހައިނަސް ޕްރިންސަސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާގެ ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާއްޞަގޮތެއްގައި، ޤާނޫނީ ވެރިކަމާއި، ޝަރުޢީ ދާއިރާ އިސްލާހު ކުރެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ކުރެއްވި އިޚްލާސްތެރި ޚިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކަށް ނަމޫނާއެއްކަމަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތައިލޭންޑަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފަށަނީޚަބަރު | 3 ދުވަސް ކުރިން ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނަން: ރައީސްޚަބަރު | 4 ދުވަސް ކުރިންނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަން އާ ގާނޫނެއް ތައާރަފްކޮށް ވަށާޖެހޭ ބޮޑެތި އިސްލާހުތަކެއް ގެންނަނީޚަބަރު | 5 ދުވަސް ކުރިން