ފުޓްބޯޅަ ސީޒަން ފެށުން އޭޕްރީލް 8 އަށް ފަސްކޮށްފި
.jpg&w=3840&q=75)
މާޒިޔާ

24 ފެބްރުއަރީ 2025 - 07:30
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ. އެފްއޭއެމްއިން އެންމެ ފަހުން ސީޒަން ފެށުމަށް ނިންމާފައިވާ މާރިޗު 24 ގެ ބަދަލުގައި، މިހާރު ވަނީ އޭޕްރީލް 8 އަށް ސީޒަން ފެށުން ފަސްކޮށްފައެވެ.
މިއީ މިއަހަރުގެ ސީޒަން ފެށުމަށް އެފްއޭއެމްއިން ދިން ހަތަރުވަނަ ތާރީޚެވެ. އެންމެ ފުރަތަމަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 24 ގައެވެ. އޭގެ ފަހުން މާރިޗު 14 އަށް ބަދަލުކުރުމަށްފަހު، ކްލަބުތަކުގެ ހާލަތަށް ރިއާޔަތްކޮށް މާރިޗު 24 އަށް ބަދަލުކުރިއެވެ. ނަމަވެސް މިހާރު ވަނީ އަނެއްކާވެސް އިތުރު ދެ ހަފްތާއަށް ފަސްކޮށްފައެވެ.
ސީޒަން ފެށުން ލަސްވަމުންދާ މައިގަނޑު ސަބަބަކީ ކްލަބުތަކުގެ މާލީ ހާލަތު ދަށްވުމެވެ. ކްލަބުތަކުން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވި އޮތުމާއެކު، ބައެއް ކްލަބުތަކުގެ ލައިސަންސްގެ ކަންކަން އަދިވެސް ވަނީ ފުރިހަމަނުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އެފްއޭއެމްއިން ދަނީ ފީފާ އަދި ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ.
ކްލަބުތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް 500,000 ރުފިޔާގެ އެޑްވާންސް ފައިސާ ދޫކޮށްފައެވެ. މިކަމާ ގުޅޭގޮތުން ކްލަބުތަކުން ވަނީ ދާދި ފަހުން ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
3 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
މަހެއް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
މަހެއް ކުރިން