logoEN
ކުޅިވަރު

މާޒިޔާ އާއި އީގަލްސް ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި

އީގަލްސް އާއި ގްރީންސްޓްރީޓް ވާދަކުރިމެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ،އެމް

އީގަލްސް އާއި ގްރީންސްޓްރީޓް ވާދަކުރިމެޗުގެ ތެރެއިން. ފޮޓޯ: އެފް.އޭ،އެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

25 ފެބްރުއަރީ 2025 - 07:28

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ސެމީ ފައިނަލަށް މާޒިޔާ އާއި އީގަލްސް ދަތުރުކޮށްފިއެވެ. މާޒިޔާ ސެމީ ފައިނަލަށް ދަތުރުކުރީ ވެލެންސިއާގެ މައްޗަށް 2-1 އިން މޮޅުވެގެންނެވެ. އަދި އީގަލްސް ސެމީ ފައިނަލަށް ދަތުރުކުރީ ގްރީން ސްޓްރީޓްސްގެ މައްޗަށް 5-0 އިން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މާޒިޔާ އާއި ވެލެންސިއާގެ މެޗުގައި މާޒިޔާގެ ފަރާތުން ފުރަތަމަ ގޯލު ޖެހީ އަނޫފް އަބްދުﷲ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާގެ އަހުމަދު ހަމްދާން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ކާމިޔާބު ގޯލު މާޒިޔާއަށް ޖެހީ އަހުމަދު ހަމީޝް އަރީފް އެވެ. މިމެޗުގައިމާޒިޔާގެ އަހުމަދު މަލާޒް މުހައްމަދު އަށް މެޗުގެ 85 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައިވެއެވެ. ނަމަވެސް މާޒިޔާގެ ގޯލްކީޕަރު ޝާހިދު ވިޝާލް ގެ މޮޅު ކުޅުމުން ވެލެންސިއާގެ ގިނަ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ގްރީން ސްޓްރީޓްސްގެ އިސްމާއިލް ވިޝާން އަށް މެޗުގެ 11 ވަނަމިނެޓުގައި ވަނީ ރަތްކާދުދައްކާފައެވެ. އޭގެ އިރުކޮޅެއްފަހުން އީގަލްސްގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ޝަމްހާން އެވެ. އަދި ދެވަނަ ގޯލު ޖެހީ މުހައްމަދު އައިމަން ހަސަން އެވެ. އީގަލްސްގެ ތިން ވަނަ ޖެހީ61 ވަނަ މިނިޓްގައި އަޝްހަމް އިބްރާހީމް މުހައްމަދެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މުޙައްމަދު ޝިޒާން ކާމިޔާބުކޮށްދިންއިރު، ފަހުގޯލު އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަޝްހަމްއެވެ.ސެމީގައި އީގަލްސް ޓީސީ އާއި ވާދަކުރާއިރު، މާޒިޔާ ނިކުންނާނީ އޮޑި ސްޕޯރޓްސް އާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder