logoEN
ކުޅިވަރު

ޗެލްސީގެ ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް ތާވަލުގެ 4 ވަނައަށް ޖެހިލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

26 ފެބްރުއަރީ 2025 - 13:13

ޗެލްސީގެ ބަލިވުމުގެ ސިލްސިލާ ނިމުކަމަށް ގެނެސް، ޕްރިމިއަރ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިއްޖެއެވެ.

މިއަދު ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މެޗެއްގައި ޗެލްސީން ވަނީ ސައުތެމްޕްޓަން 4-0 އިން ބަލިކޮށްފައެވެ. ހުރިހާ މުބާރާތްތަކުން ވިދިވިދިގެން ތިން މެޗުން ބަލިވެފައިވާތީ، ބްލޫސްގެ މައްޗަށް ބޮޑު ޕްރެޝަރެއް މިހާރުވަނި ކުރިމަތިވެފައެވެ. ނަމަވެސް އިވާން ޖުރިކްގެ އެންމެ ދަށުގައިވާ ޓީމާ ކުރިމަތިލާއިރު، ޗެލްސީގެ ފެންވަރު މަތިކަމަށް ބެލެވެއެވެ.މެޗުގައި ލަނޑުތައް ޖަހާދީފައިވާ ގޮތަށް ބަލާއިރު 24 ވަނަ މިނެޓުގައި ކްރިސްޓޯފަރ އެންކުންކޫ ކައިރި ހެޑަރަކުން ފުރަތަމަ ލަނޑު ޖަހައިދިނެވެ. މީގެ ކުރިންނާއި ފަހުން ފޯމުން ބޭރުގައި އުޅޭ ކޯލް ޕާމަރަށް ރަނގަޅު ދެ ފުރުސަތު ވަނީ ގެއްލިފައެވެ.އަނެއް ފަރާތުން ޕޯލް އޮނުއާޗުގެ ހަމަލާއެއް ފިލިޕް ޖޯގެންސެން ހުއްޓުވިއެވެ. އޭގެ ފަހުން 36 ވަނަ މިނެޓުގައި އެންކުންކޫ ދިން ބޯޅައަކުން ނެޓޯ ވަރުގަދަ ޝޮޓަކުން ދެވަނަ ލަނޑު ޖެހިއެވެ.ހާފްޓައިމްގެ ކުރިން ނެޓޯގެ ފްރީކިކަކަށް ލެވީ ކޯލްވިލް ހެޑްކޮށްލައިގެން ތިންވަނަ ލަނޑު ޖެހިއެވެ. ދެވަނަ ހާފުގައި ސައުތެމްޕްޓަނަށް އެއްވެސް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.އެއާއެކު ޗެލްސީން އިތުރު ލަނޑެއް ޖަހައި ސްކޯ ފުރިހަމަކުރިއެވެ. އަދި މިފަހުން ޓީނޭޖް ސަބްސްޓިޓިއުޓް ޓައިރިކް ޖޯޖުގެ އެހީއާއެކު މާކް ކުކުރެއްލާ ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ނަތީޖާއާއެކު އެންޒޯ މަރެސްކާގެ ޓީމް ބޯންމަތު، ނިއުކާސަލް ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ ފަހަނައަޅައި ހަތަރުވަނައަށް ވަނީ ޖެހިލާފައެވެ. ޕްރިމިއާ ލީގްގެ ފަހު ދެ ޓީމުން ބައްދަލުކުރާ މެޗްތައް ބުދަ ދުވަހު ކުޅޭނެއެވެ.މި ނަތީޖާއާއެކު ސައުތެމްޕްޓަން 27 މެޗުން 9 ޕޮއިންޓާއެކު އޮތީ އެންމެ ފުލުގައެވެ.

ކޮމެންޓް

871x217_placeholder