logo
E-Platinum
ކުޅިވަރު

މާރކް ގިއުގެ މާކެޓް އަގާ އެއްވަރު ޓީމަކާދެކޮޅަށް ޗެލްސީއިން ގޯލުފުންޏެއް

އަބްދުﷲ ޣާނިމް
8 ނޮވެމްބަރު 2024 - 08:35
ރޭގެ މެޗުގައި މާކް ގިއު ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ޗެލްސީ
ރޭގެ މެޗުގައި މާކް ގިއު ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ޗެލްސީ

ނިމިދިޔަ ޓްރާންސްފަރ މާރކެޓުގައި ޗެލްސީއަށް ބަދަލުވި މާރކް ގިއު ގެ އަގާ އެއްވަރުގެ ޓީމެއްކަމަށްވާ އެފް.ސީ ނޯއާ ކޮޅަށް ޗެލްސީއިން ގޯލުފުންޏެއް ޖަހައިފިއެވެ. މި މެޗުގައި ޗެލްސީއިން ވަނީ 8 ގޯލުޖަހާފައެވެ. ޓްރާންސްފާ މާރކެޓްގެ އަގުތައް ކަނޑައެޅުމުގައި އެންމެ އިތުބާރުކުރެވޭ މަސްދަރުކަމަށްވާ ޓްރާންފަރމާކެޓް ޑޮޓް ކޮމްގައިވާގޮތުން ޗެލްސީގެ މާކް ގިއު އަދި އެފް.ސީ ނޯއާ ޓީމުގެ މުޅި ސްކޮޑް ގެ އަގަކީ އެންމެ 7 މިލިޔަން ޔޫރޯއެވެ.

މި މަސްދަރުގައިވާގޮތުން ޗެލްސީގެ ސްކޮޑް ގެ އަގަކީ 1.4 ބިލިޔަން ޔޫރޯއެވެ. އެހެންކަމުން މިއީ ކޮންފަރެންސް ލީގުގައި ވާދަކުރާ އަނެއް 35 ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގާ އެއްވަރުގެ އަގެކެވެ.

މި މެޗުގައި މާކް ގިއު ވަނީ ޗެލްސީ ޖޯޒީގައި އޭނާގެ ފުރަތަމަ ގޯލު ޖަހާފައެވެ. އަދި ފީލިކްސް ވެސް ވަނީ މި ސީޒަންގައި ޗެލްސީގެ ޖޯޒީގައި ފުރަތަނަ ފަހަރަށް ގޯލުޖަހާފައެވެ.

ޔޫރަފުގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުއޭފާ ކޮންފަރެންސް ލީގުގައި ޗެލްސީ ކުޅެންޖެހުނީ މިދިޔަ ސީޒަންގައި ލީގުގައި ހޯދި ދަށްނަތީޖާތަކުގެ ސަބަބުންނެވެ. ކޮންފަރެންސް ލީގުގައި ޗެލްސީއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.  

މި މުބާރާތުގައި ޗެލްސީ ދެން ނިކުންނާނީ މި މަހުގެ 28 ވަނަ ދުވަހުގައި ޖަރުމަނުގެ ހައިޑެންހެއިމް އާ ދެކޮޅަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަލާމާތާއި ފުރައްސާރައާއި ހެދި ލެޖެންޑް ޓޮޓީގެ ދަރިފުޅު ރިޓަޔަރ ކޮށްފިކުޅިވަރު | ދުވަހެއް ކުރިންޗެލްސީިީއިން އަޔަކްސްގެ ޑިފެންޑަރ ޖޮރަލް ހާޓޯގެ ސޮއި ހޯދުމަށް މަަސަައްކަތްކުރަނީކުޅިވަރު | 6 ދުވަސް ކުރިންޗެލްސީިއިން ޒަވީ ސިމޯންސްގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 7 ދުވަސް ކުރިންމަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | 8 ދުވަސް ކުރިން