logo
E-Platinum
ކުޅިވަރު

ފަހުވަގުތު ޓްރޮސާޑް ފަރުވާކުޑަވުމުން، ޗެލްސީ އާއި އާރސެނަލް އެއްވަރު

އަބްދުﷲ ޣާނިމް
11 ނޮވެމްބަރު 2024 - 04:53
މެޗުގެ ފަހު ސިކުންތުގައި ޓްރޮސާޑް ފަރުވާކުޑަކޮށް ގެއްލުވާލި ފުރުސަތާއިގުޅިގެން އާޓެޓާ ޝޮކަކަށް ގޮސްފައި.
މެޗުގެ ފަހު ސިކުންތުގައި ޓްރޮސާޑް ފަރުވާކުޑަކޮށް ގެއްލުވާލި ފުރުސަތާއިގުޅިގެން އާޓެޓާ ޝޮކަކަށް ގޮސްފައި.

ފޯރިގަދަ ލަންޑަން ޑާބީގައި ޗެލްސީއާއި އާރސެނަލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އިނގިރޭސި ޕްރީމިއަރ ލީގުގެ ރައުންޑް 11 ގައި ލަންޑަނުގެ ސްޓެމްޕޯޑް ބްރިޖް ގައި ކުޅުން މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ މެޗާ އާރސެނަލް ކުރިމަތިލިއިރު އާރސެނަލް އިން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. އަދި ވޭތުވެދިޔަ އެއް މަސް ތެރޭގައި އާރސެނަލް އަށް ލީގުގައި މެޗަކުން މޮޅުވެފައި ނުވެއެވެ. މެޗު ފެށިގެން 32 ވަނަ މިނެޓުގައި ޗެލްސީގެ ކުރީގެ ކުޚުންތެރިޔާ ހަވާރޓްޒް އާރސެނަލް އަށް ގޯލު ޖަހައިދީ އޭނާގެ ކުރީގެ ސަޕޯޓަރުން ކުރިމަތީގައި އުފާ ފާޅުކުރިނަމަވެސް ވީ.އޭ.އާރުން ވަނީ އެ ގޯލް ކެންސަލް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލުޖެހީ މެޗުގެ 60 ވަނަ މިނެޓުގައި އާރސެނަލްގެ މާޓިނެއްލީ އެވެ. އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން މި ސީޒަންގައި ޗެލްސީއާ އަލަށް ގުޅުނު ޕޯޗުގަލްގެ ނެޓޯ ވަނީ ޗެލްސީއަށް ގޯލެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަހު ސިކުންތުގައި އާރސެނަލްގެ ސަލީބާ ކުރި ހުރަހަކުން ހުސް ގޯލަކަށް ފޮނުވާލަން ޓްރޮސާޑް އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ފަރުވާކުޑަކޮށް އެ ބޯޅަ ގެއްލުވާލާފައެވެ. އަދި އެފުރުސަތު ގެއްލުމާއެކު އާރސެނަލް ގެ ކޯޗު ޢާޓެޓާ ވަނީ ޝޮކަކަށް ގޮސްފައެވެ.  

މި ނަތީޖާއާއެކު ލީގު ހޯދުމުގެ ބޮޑެތި އުއްމީދުތަކާއެކު ސީޒަނާ ކުރިމަތިލި އާރސެނަލް އޮތީ 19 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަގައެވެ. އަދި ޗެލްސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޫކަސް ޕަކެޓާ އާއި ދެކޮޅަށްކުރާ ކެރިއަރު ނިމުމަކަށް އަންނާނެފަދަ ދަޢުވާތަކުން ސަލާމަތްވެއްޖެކުޅިވަރު | 4 ދުވަސް ކުރިންޗެލްސީިީއިން އަޔަކްސްގެ ޑިފެންޑަރ ޖޮރަލް ހާޓޯގެ ސޮއި ހޯދުމަށް މަަސަައްކަތްކުރަނީކުޅިވަރު | 6 ދުވަސް ކުރިންޗެލްސީިއިން ޒަވީ ސިމޯންސްގެ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 7 ދުވަސް ކުރިންމަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | 7 ދުވަސް ކުރިން