logoEN
ކުޅިވަރު

ލިވަރޕޫލް މޮޅުވިއިރު، އާރސެނަލް އެއްވަރުވެ ފަރަޤު 13 ޕޮއިންޓަށް

ލިވަރޕޫލް ދަނި މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން. ފޮޓޯ: ލިވަރޕޫލް

ލިވަރޕޫލް ދަނި މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން. ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

27 ފެބްރުއަރީ 2025 - 06:30

ތާލަވުގެ ދެވަނައިގައިވާ އާރސެނަލް ތަށި ހޯދުމަށް ކުރާ އުންމީދުގައި އަނެއްކާވެސް ހިތްދަތިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ލީގުގައި ރޭގައި ލިވަރޕޫލް ނިއުކާސަލް އަތުން މޮޅުވިއިރު، އާރސެނަލް ވަނީ ނޮޓިންހަމް ފޮރެސްޓް އަތުން އެއްވަރުވެފައެވެ.ލިވަރޕޫލްގެ އަމިއްލަ ދަނޑުގައި ނިއުކާސަލް އާއި ވާދަކުރި މެޗުން މޮޅުވީ 2-0 އިންނެވެ. މިމެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ މެޗުގެ 11 ވަނަ މިނެޓުގައި ސަބޮޒްލައިއެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ސަލާޙުގެ އެސިސްޓަކުން މެކަލިސްޓަރ ވަނީ ގޯލުޖަހައި ލިވަރޕޫލަށް 3 ޕޮއިންޓް ހޯދައިދީފައެވެ.

މީގެ އިތުރުން ތާވަލުގެ ދެވަނައިގައިވާ އާރސެނަލް ވަނީ 3 ވަނައިގައިވާ ނޮޓިންގްހަމް ފޮރެސްޓާއި ވާދަކޮށް މެޗުގައި ގޯލެއް ނުޖެހި 0-0 އިން އެއްވަރުވެފައެވެ. އާރސެނަލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުންވެސް ބަލިވެފައިވުމުން، އެޓީމުން ލިވަރޕޫލާއި އަރާހަމަކުރުމަށް ކުރާ މަސައްކަތަށް ވަނީ ހިޔަނި އެޅިފައެވެ.

28 މެޗުން ލިބުނު 67 ޕޮއިންޓާއެކު ލިވަރޕޫލް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އެއްމެޗު މަދުން ކުޅެ ދެވަނައިގައިވާ އާރސެނަލް އަށް ލިބިފައުވަނީ 54 ޕޮއިންޓެވެ. ލީގުގައި އާރސެނަލް ދެން ނިކުންނާނީ އޮލްޓްރެފޯޑްގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.

ކޮމެންޓް

871x217_placeholder