logoEN
ކުޅިވަރު

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މާޒިޔާ އާއި އީގަލްސް މާދާމާރޭގައި ނިކުންނަނީ

މާޒިޔާ އާއި އޮޑި ސްޕޯރޓްސް ވާދަކުރި މެޗުގެ ތެރެއިން . ފޮޓޯ: އެފް.އޭ.އެމް

މާޒިޔާ އާއި އޮޑި ސްޕޯރޓްސް ވާދަކުރި މެޗުގެ ތެރެއިން . ފޮޓޯ: އެފް.އޭ.އެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

27 ފެބްރުއަރީ 2025 - 07:34

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރުމަށް ހަމަޖެހިއްޖެއެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުގައި މާޒިޔާ ވަނީ އޮޑި ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެފައެވެ. އަދި ސެމީގެ ދެވަނަމެޗުގައި އީގަލްސް އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށްފައެވެ.

މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. މާޒިޔާގެ ފަރާތުން މުހައްމަދު އިލާން އިމްރާން ދެ ގޯލު ޖަހާފައިވާއިރު، އޮޑިގެ ފަރާތުން އަހުޒަމް ރަޝީދު ދެ ގޯލު ޖެހިއެވެ. ޕެނަލްޓީ ޝޫޓްއައުޓުން މާޒިޔާ އިން މޮޅުވީ 6-5 އިންނެވެ.

ދެވަނަ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެންޕިއަން ޓީސީ އާއި ދެކޮޅަށް އީގަލްސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުގެ ފަރާތުން މުހައްމަދު ޝަމްހާން (ޝަމްބެ) ދެވަނަ ހާފުގައި ޖެހި ދެ ގޯލުން ޓީސީ ބަލިކޮށް ފައިނަލަށް ދަތުރުކުރިއެވެ. ޝަމްބެ އަކީ މިދިޔަ އަހަރު 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ބައްދަލުކުރިއިރު މާޒިޔާ އިން ވަނީ 3-1 އިން އީގަލްސް ބަލިކޮށްފައެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މާދަމާރޭގައެވެ.

ކޮމެންޓް

871x217_placeholder