logo
Bank of Maldives

Bank of Maldives

ޚަބަރު

ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ރައީސްގެ އަނބިކަނބަލުން އިހަވަންދުއަށް

އަޙްމަދު ޒަލީފް
27 ފެބްރުއަރީ 2025 - 11:54
ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ރައީސްގެ އަނބިކަނބަލުން އިހަވަންދުއަށް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފިއެވެ. އެކަމަނާ އިހަވަންދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

ރައީސްގެ އަނބިކަނބަލުންނަށް އިހަވަންދޫން ރަސްމީކޮށް މަރުހަބާ ދެންނެވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ.

ހއ. އިހަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ޖެނުއަރީމަހު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރަމަޟާންމަހުގެ ކުރިން މި ރަށުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ އަނބިކަނބަލުންގެ މި ދަތުރުފުޅަކީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަށްޓަކާ އިހަވަންދޫ ސްކޫލުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ. މި ރަސްމިއްޔާތަށްފަހު ރައީސްގެ އަނބިކަނބަލުން ސިއްޚީ މަރުކަޒަށް ވަޑައިގެން ޑައިލިސިސް ޔުނިޓްގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ. 

ކިޑްނީ ބަލީގައި ޑައިލިސިސް ހަދަންޖެހޭ 10 ޕޭޝަންޓުން މިވަގުތުވެސް މި ރަަށުގައި އެބަތިއްބެވެ. މި ޚިދުމަތް ހޯދުމަށް އެ މީހުން ދާންޖެހެނީ ހއ. ދިއްދޫ ނުވަތަ ކުޅުދުއްފުށި ސިޓީއަށެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް އެކަމަކު ލޭ ހަދިޔާ ކުރުމުގައި ކޮންމެ މީހަކަށްވެސް ދީލަތިވެވޭނެ: މެޑަމް ސާޖިދާޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުން، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ: ފަސްޓް ލޭޑީޚަބަރު | 9 ދުވަސް ކުރިންދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ: މެޑަމް ސާޖިދާޚަބަރު | 17 ދުވަސް ކުރިން