އެފްއޭއެމް ވެޓެރަންސް ލީގު މާޗް 3 ގައި ފަށަނީ

މިދިޔަ އަހަރުގެ ވެޓެރަންސް ލީގު ޗެންޕިއަންސް ހުޅޫމާލޭ ވެޓެރަންސް ކުލަބް. ފޮޓޯ: އޫރީދޫ މޯލްޑިވްސް

28 ފެބްރުއަރީ 2025 - 06:03
ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގު މިއަހަރު ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ތިންވަނަ ދުވަހުއެވެ.
އިވެންޓްސް މޯލްޑިވްސްއިން އެފްއޭއެމްއާ ގުޅިގެން އިންތިޒާމްކުރާ މި މުބާރާތުގައި މިއަހަރު ބައިވެރިވަނީ 10 ޓީމެވެ. އިވެންޓްސް މޯލްޑިވްސްއިން މި މުބާރާތް އިންތިޒާމްކުރަމުން އަންނަތާ މިއީ ހަތަރުވަނަ އަހަރެވެ.
މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށްފަހު ދެ ގްރޫޕަކަށް ޓީމުތައް ބަހާލާފައިވެއެވެ. ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލޭ ވެޓެރަންސް ކްލަބް، ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް، ޒެލޮޓް އަދި ހުއްރިއްޔާއެވެ. ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ، ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައެވެ. މުބާރާތް ކުރިއަށްދާނީ ރޯދަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
ފާއިތުވި އަހަރުގެ މުބާރާތުގައި މުއިވެޔޮއާ ވާދަކޮށް ހުޅުމާލެ ވެޓެރަންސް ވަނީ ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތަށި މިލްކުކޮށްފައެވެ
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދިވެހި ފުޓްބޯޅަ ސީޒަން ފެބުރުވަރީމަހުގައި ފަށަނީ
3 މަސް ކުރިން
އެފް.އޭ.އެމް ގެ ނޯމަލައޮޒިން ކޮމިޓީގެ ކުޑަކޮށް، ޗެއަރ އަކަށް މުޢިއްޒު
މަހެއް ކުރިން
މާޒިޔާ ދެވަނަ މޮޅު ހޯދިއިރު، އީގަލްސް އަށް ފުރަތަމަ މޮޅު
މަހެއް ކުރިން