ތިލަފުށީ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުނޅަދުތައް ނަގަނީ


28 ފެބްރުއަރީ 2025 - 06:54
ކ. ތިލަފުށީ ފަޅުތެރޭގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޗޝަން ( އެޗްޑީސީން ) ފަށައިފިއެވެ.
އެޗްޑީސީއން މައުލޫމާތު ދިން ގޮތުގައި ތިލަފުށީގެ ލޮޓް ނަންބަރު 30230 ގެ ފަޅުތެރެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރި ފަރާތެއް ވާނަމަ އެޗްޑީސީގެ ހޮޓްލައިން 1415 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެގުމަށް ވަނީ ބުނެފައެވެ.
ދެންނެވުނު މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނަގާފައިނުވާނަމަ އެއީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލައި އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެ އުޅަނދުތަކާމެދު އަމަލުކުރެވޭނެ ވާހަކަ ވަނީ އެޗްޑީސީއިން ބުނެފައެވެ.
އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުންދޭ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ޝުކުރު ދަންނަވާފައެވެ.
އިތުރު ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ކިޔޮކްސްކް ކުއްޔަށް ދޫކުރަން ހުޅުވާލައިފި
7 މަސް ކުރިން
ހުޅުމާާލޭގައި ޕާކިންއަށް ޚާއްސަ 12 ޢިމާރަތެއް އަޅަނީ
7 މަސް ކުރިން.jpg&w=3840&q=75)
ހުޅުމާލޭގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ
7 މަސް ކުރިން