logoEN
ޚަބަރު

މޫސުން ގޯސްވުމުން ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކަތް ފަށައިފި: ހީނާ

ވިއްސާރަވެ ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތްތުގެ ތެރެއިން--ފޮޓޯ: މާލެ ސިޓީ ކައުންސިލް

ވިއްސާރަވެ ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތްތުގެ ތެރެއިން--ފޮޓޯ: މާލެ ސިޓީ ކައުންސިލް

މޫސުން ގޯސްވެ ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރި ޕޯސްތެއްގައި ހީނާ ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައި ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިއަދު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ. އަދި މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.

މީގެ އިތުރުން މެޓު އޮފީހުން ބުނެފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. މިއާއެކު ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާއި ދެމެދުގައި ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ހީނާގެ ޕޯސްޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ،، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކަނޑައަޅުއްވައި އިއުލާނުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަަަސައްކަތްކުރުމަކީ ސަރުކާރުން ނުހަނު އެދޭކަމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder