logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމަށް ސަމާލުވާތި، މުޅި ރާއްޖެއަށް ހުދު ސަމާލު

އަޙްމަދު ޒަލީފް
28 ޖޫން 2025 - 08:58
މޫސުމަށް ސަމާލުވާތި، މުޅި ރާއްޖެއަށް ހުދު ސަމާލު

އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00އާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް 24 ގަޑިއިރު އުތުރާއި މެދެރާއްޖެތެރެއަށް މޫސުން ގޯސް ވާނެ ކަަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން މީގެކުރިން ވަނީ ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ދިޔަވަރު ބޯޑުވާ ވަގުތުތަކުގައި މާލޭ ކާނިވާ ސަރަހައްދައް ވަރަށް ބޮޑަށް އުދަ އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް 23.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވާން އެދިއްޖެޚަބަރު | 10 މިނިޓު ކުރިންލަފާ ކުރެވޭ ގޮތުން މޫސުން ރަނގަޅުވާނީ މާދަމާއިން ފެށިގެން ޚަބަރު | 4 މަސް ކުރިންދުވަހުގެ މޫސުން: ރާއްޖޭ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ޚަބަރު | 4 މަސް ކުރިންހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، މިއަދުވެސް މުޅިރާއްޖެއަށް ވައިޓް އެލާރޓްޚަބަރު | 4 މަސް ކުރިން