logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ލަފާ ކުރެވޭ ގޮތުން މޫސުން ރަނގަޅުވާނީ މާދަމާއިން ފެށިގެން

އަޙްމަދު ޒަލީފް
6 އޯގަސްޓު 2025 - 09:34
ލަފާ ކުރެވޭ ގޮތުން މޫސުން ރަނގަޅުވާނީ މާދަމާއިން ފެށިގެން

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި މޫސުން އަލިވާނީ މާދަމާއިން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވިލާގަނޑުގައި އެންމެ ވައި ގަދަވެފައިވަނީ ހުޅުލެއަށެވެ. އެގޮތުން އެރަށަށް 43 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވެއެވެ. އަދި އާންމު ވައި އެންމެ ގަދަވެފައިވަނީ ހދ. ހަނިމާދޫއާއި މަކުނުދޫއަށް ކަމަށާއި، މި ދެރަށަށް 22 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިދާރާގެ ރެކޯޑުތަކުން ދައްކައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޓުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރުކޮށް ވައިނުސާފުވާނެ ކަމަށް!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | 2 މަސް ކުރިންއެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސްޚަބަރު | 4 މަސް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭޚަބަރު | 4 މަސް ކުރިން