logo
Bank of Maldives

Bank of Maldives

ޚަބަރު

މެޓުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރުކޮށް ވައިނުސާފުވާނެ ކަމަށް!

ޒިދާން މުޙައްމަދު
25 ފެބްރުއަރީ 2026 - 17:27
މެޓުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރުކޮށް ވައިނުސާފުވާނެ ކަމަށް!

ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ ނުވަތަ ހޭޒްގެ އަސަރު ރާއްޖެއަށް ބޮޑުވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނުސާފު ވައިގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު ތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށެވެ. އުތުރުގެ ރަށްރަށަށް ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުން ދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދުންފުހުގެ އަަސަރު ހުންނާނެ ކަމަށް ބެލެވޭ ކަަމަށް މެޓް އޮފީހުން ބުންޏެވެ. 

އެހެންވެ، ގިނަ ވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ މީހުންނާއި ކަނޑުދަތުރުކުރާ މީހުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމުން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޓުން ލަފާކުރަނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރުކޮށް ވައިނުސާފުވާނެ ކަމަށް!ޚަބަރު | ގަޑިއިރެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | 13 ދުވަސް ކުރިންއެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސްޚަބަރު | 2 މަސް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭޚަބަރު | 3 މަސް ކުރިން