logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށްވަނީ ވިއްސާރަކޮށް ބޯކޮށް ވާރޭވެހިފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރުކުރަމުންދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ 103.5 މިލިމީޓަރުގެ ވާރެއާއެކު ހުޅުލެއަށެވެ. މާލެއަށް ވަނީ 63 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި 95.9 މިލިމީޓަރުގެ ވާރޭ ހދ. މަކުނުދޫއަށް ވެހިފައިވާކަމަށްވަނި ރިކޯޑުކުރެވިފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީއަށް 76 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެ ސަލާމަތަށްޓަކައި ފެން ނުވަންނާނެހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވައެވެ.

މިހާރުކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވާން އެދިއްޖެޚަބަރު | 10 މިނިޓު ކުރިންތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 3 ދުވަސް ކުރިންތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށްޚަބަރު | 4 ދުވަސް ކުރިންވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ، ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 7 ދުވަސް ކުރިން