logo
Bank of Maldives

Bank of Maldives

ޚަބަރު

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، މިއަދުވެސް މުޅިރާއްޖެއަށް ވައިޓް އެލާރޓް

އަޙްމަދު ޒަލީފް
17 ޖުލައި 2025 - 09:25
ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، މިއަދުވެސް މުޅިރާއްޖެއަށް ވައިޓް އެލާރޓް

އުދައަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 14:00 އިން ފެށިގެން 18:00 ހަމައަށް އުދަ އަރާނެކަމަށް ލަފާކޮށްފައެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިދާރާއިން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާއްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށްވެސް އެ އިދާރައިން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސްޚަބަރު | 2 މަސް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭޚަބަރު | 2 މަސް ކުރިންގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވާން އެދިއްޖެޚަބަރު | 2 މަސް ކުރިންލަފާ ކުރެވޭ ގޮތުން މޫސުން ރަނގަޅުވާނީ މާދަމާއިން ފެށިގެން ޚަބަރު | 6 މަސް ކުރިން