logo
ކުޅިވަރު

ފަހަތުންއަރައި އީގަލްސް ބަލިކޮށް މާޒިޔާއިން ޔޫތު ޗެންޕިއަންޝިޕްގެ ތަށި އުފުލާލައިފި

އަބްދުﷲ ޣާނިމް
1 މާރިޗު 2025 - 06:38
ޔޫތު ޗެންޕިއަންޝިޕްގެ ތަށި މާޒިޔާއިން އުފުލާލަނީ. ފޮޓޯ: މާޒިޔާ
ޔޫތު ޗެންޕިއަންޝިޕްގެ ތަށި މާޒިޔާއިން އުފުލާލަނީ. ފޮޓޯ: މާޒިޔާ

އެފް.އޭ.އެމް އިން އިންތިޒާމްކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލުގައި ކްލަބް އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯރޓްސް ކްލަބް ތަށި އުފުލާލާއިފިއެވެ. މިއީ 2011 ގެ ފަހުން މާޒިޔާ ޔޫތު ޗެންޕިއަންޝިޕްގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މީގެކުރިން މިދެޓީމު ވާދަކޮށްފައިވާއިރު، އެމެޗުން މާޒިޔާ ވަނީ 3-1 އިން މޮޅުވެފައެވެ. މިމުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކޮށްފައިވަނީ ސެމީގައި އެންމެފަހުގެ ޗެންޕިއަން ޓީސީ ސްޕޯރޓްސް ކްލަބް 2-0 އިން ބަލިކޮށްގެންނެވެ. އަދި ފައިނަލަށް މާޒިޔާ ދަތުރުކޮށްފައިވަނީ ސެމީގައި އޮޑި ސްޕޯރޓްސް ސެމީގައި ބަލިކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ރަސްމީދަނޑުގައި އިއްޔެ ކުޅެވުނު މިމެޗު މާޒިޔާއިން ކާމިޔާބުކުރީ 6-1 އިންނެވެ. އީގަލްސް އިން ވަނީ މެޗުގެ 4 ވަނަ މިނެޓުގައި ފުރަތަމަ ގޯލުޖަހާފައެވެ. ފުރަތަމަ ހާފުނިމުނީ އީގަލްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް މާޒިޔާއިން ވަނީ ދެވަނަ ހާފު ފަށައިގެން 6 ވަނަ މިނެޓުތެރޭގައި ނަތީޖާ ހަމަކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުފަހުން މާޒިޔާއިންވަނީ 3 ގޯލު ޖަހާފައެވެ. މާޒިޔާގެ ފަހުގޯލުޖަހާފައިވަނީ އިތުރުވަގުތުގެ ތެރޭގައެވެ.
ރޭގެ މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާ ސްޕޯރޓްސްގެ އަނޫފްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ ކޯޗު އިބްރާހިމް ސަޢީދުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖަހާފައިވަނީ މާޒިޔާގެ މުޙައްމަދު އިލާންއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | ދުވަހެއް ކުރިންފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެނީކުޅިވަރު | 13 ދުވަސް ކުރިންއަލް އަރާބީ އަތުން ބަލިވެ މާޒިޔާ އަށް ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރުސަތު ގެއްލިއްޖެކުޅިވަރު | މަހެއް ކުރިންއޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވޭތުގެ އަލް އަރަބް އާދެކޮލަށް މާޒިޔާ މިއަދު ނިކުންނަނީކުޅިވަރު | މަހެއް ކުރިން