ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް ވާނެ

މާލޭގައި ވާރޭވެހި ފެންބޮޑުވެފައިވާ ދުވަހެއް

01 މާރިޗު 2025 - 14:33
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބޯކޮށް ވާރޭބ=ވެހި ގުގުރާނެކަމަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ ( މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ދައްކާ ގޮތުން، ރާއްޖެގެ ބޮޑު ބައަކަށް ގުގުރުމާއެކު ވާރޭވެހޭނެއެވެ. މިއާއެކު މެޓްއިން ވަނީ މިއަދުގެ ހަވީރު 5:00 އިން ރޭގަނޑު 21:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މި ހިސާބަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓްއިން ވަނީ މިއަދުގެ ހަވީރު 15:15 އިން ފެށިގެން ރޭގަނޑު 21:00 އަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮލަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެގޮތުން މިސަރަހަށްދަށް ވެސް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓްއިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެއެވެ. ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައިވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.