ރައީސް މުޢިއްޒު މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި


02 މާރިޗު 2025 - 01:06
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު (2 މާރިޗް 2025) ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދެވެ.
ރައީސް މުޢިއްޒު މިފަދަ ނިންމުމެއް ނިންމެވީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިތަކާއި ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މާލޭގެ 5 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މިވަގުތު ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ކ. އަތޮޅުގެ ދެ ރަށެއްކަމުގައިވާ ކ. ގުރައިދޫ އަދި ޫ އަދި ކ. ހުރާގައިވެސް ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޗީފް ސްޕޯކް ޕާސަން ހީނާ މިރޭ އިރާކޮޅު ވިދާޅުވެފައި ވަނީ، މި ކާރިސާގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.