logo
E-Platinum
ކުޅިވަރު

ފުޓްބޯޅައިގެ ޤަވާއިދަށް ބޮޑު ބަދަލެއް، ކީޕަރު ވަގުތު ނަގާލާނަމަ މީގެފަހުން ލިބޭނީ ކޯނަރެއް

އަބްދުﷲ ޣާނިމް
2 މާރިޗު 2025 - 06:47
މިއީ ފުޓްބޯޅައިގެ ޤަވާއިދަށް އަންނަ ބޮޑޫ ބަދަލެއް. ފޮޓޯ: ކޯޓުއާ ފޭސްބުކް
މިއީ ފުޓްބޯޅައިގެ ޤަވާއިދަށް އަންނަ ބޮޑޫ ބަދަލެއް. ފޮޓޯ: ކޯޓުއާ ފޭސްބުކް

ފުޓްބޯޅަ މެޗުގައި ގޯލްކީޕަރު އަތަށް ބޯޅަ ނަގައި ވަގުތު ނަގާލައިފިނަމަ (8 ސިކުންތަށްވުރެ ގިނަ އިރުވެއްޖެނަމަ)، މީގެ ފަހުން ކޯނަރެއް ދިނުމަށް އިންޓަރނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭބީ) އިން ވަނީ ނިންމާފައެވެ. މިއީ ފުޓްބޯޅަ ގަވާއިދަށް ގެނެސްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ،

މީގެ ކުރިން ގަވާއިދުގެ 12.2 އަށް ގެންނަން އުޅުނު ބަދަލަކީ ކީޕަރު ހަ ސިކުންތަށްވުރެ ގިނަ ވަގުތު ބޯޅަ އަތުގައި ބަހައްޓައިފިނަމަ ނުސީދާ ހިލޭ ޖެހުމެއް ދިނުމަށެވެ. ނަމަވެސް ފީފާގެ ކޮންސަލްޓަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ ލަފަޔާއެކު، އަށް ސިކުންތަށްވުރެ ގިނަ ވަގުތު ހުރެފިނަމަ ކޯނަރެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގަވާއިދުގެ 3.10 ގައިވާ ގޮތުގެ މަތިން ރެފްރީއާ ވާހަކަ ދެއްކޭނީ ހަމައެކަނި ޓީމުގެ ކެޕްޓަނަށް ކަމަށް ބޭއްވުމަށް ގިނަ ބަޔަކު ވަނީ ތާއީދުކޮށްފައެވެ. އަދި މި ގަވާއިދު އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ގަވާއިދުގެ 8.2 އަށް ގެނެވުނު ބަދަލާއެކު، ޕެނަލްޓީ އޭރިޔާގެ ބޭރުގައި ބޯޅަ އޮއްވައި ރެފްރީ ކުޅުން ހުއްޓުވާލައިފިނަމަ، އެ ބޯޅަ ދޭނީ ބޯޅަ ލިބިފައިވާ ނުވަތަ ބޯޅައިގެ ކޮންޓްރޯލް އޮތް ޓީމަށެވެ. އަދި އަލުން ކުޅުން ފަށާނީ ކުޅުން ހުއްޓާލި އިރު ބޯޅަ އޮތް ތަނުގައި ބޯޅަ ބަހައްޓައިގެންނެވެ.

ފީފާއިން މިހާރު އެންމެ ބޮޑަށް ވިސްނަމުންދަނީ އޮފްސައިޑް ގަވާއިދަށް ބަދަލު ގެނައުމަށެވެ. މި ގޮތުން ކުޅުންތެރިޔާގެ މުޅި ހަށިގަނޑު އެއްކޮށް އިދިކޮޅު ކުޅުންތެރިޔާއަށްވުރެ ކުރީގައި ހުރެފިނަމަ އެކަނި އޮފްސައިޑްވާ ގޮތަށް ހެދުމަށް އާރސެނަލްގެ ކޯޗު ވަނީ ހުށަހަޅާފައެވެ. އަދި މިބަދަލު ގެނައުމާމެދު މިހާރު ވިސްނަމުންދެއެވެ. މި ބަދަލު ގެންނަން ވިސްނަނީ ހަނި ދާއިރާތަކުން އޮފްސައިޑްވެ، ފުޓްބޯޅައިގެ ފޯރިއަށް އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަތްވުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް ތާއީދާއެކު ޓޮމް އެފްއޭއެމް ރައީސްކަމަށްޚަބަރު | 10 ދުވަސް ކުރިންދިވެހި ފުޓުބޯޅައިގެ ހައްގު މަގާމު އަލުން ހޯދައިދޭން ކުރާ މަސައްކަތް ދަނީ ކާމިޔާބާ ދިމާއަށް: ރައީސް ޚަބަރު | 2 މަސް ކުރިންބޯޅަ މައްޗަށް އެރުން ބްރެޒިލްގައި މަނާކޮށްފިކުޅިވަރު | 3 މަސް ކުރިންދިރިހުރި ކުޅުންތެރިއެއް މަރުވިކަމަށްބަލައި އެކަންފާހަގަކުރުމަށްފަހު މާފަށްއެދެފިކުޅިވަރު | 4 މަސް ކުރިން