logoEN
ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

02 މާރިޗު 2025 - 08:22

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެގޮތުން ހއ.އިން މ. އަތޮޅު ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މިސަރައްހައްދަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ:

* ކ. ދިއްފުށި – 296.1 މިލިމީޓަރުގެ ވާރޭ * ހުޅުމާލޭ – 185.2 މިލިމީޓަރުގެ ވާރޭ * ފ. ނިލަންދޫ – 178.2 މިލިމީޓަރުގެ ވާރޭ * ހުޅުލެ – 177.2 މިލިމީޓަރުގެ ވާރޭ

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކޮމެންޓް

871x217_placeholder