logo
ޚަބަރު

މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް ކޮޗިންއާއި ޓްރިވެންޑްރަމަށް

ހުސައިން ވަސީމް
2 މާރިޗު 2025 - 17:11
މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް ކޮޗިންއާއި ޓްރިވެންޑްރަމަށް

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގެ ދަތުރުތައް ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި އެވެ.

އިންޑިއާގެ ކޮޗިންއާއި ޓްރެވެންޑްރަމަކީ ސިވެހީން އާންމުގޮތެއްގައި ބޭސްފަރުވާއަށް ގޮސްއުޅޭ ސިޓީތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓުގެ ދަތރުރުތައް ކޮޗިންއަށާއި ޓްރިވެންޑްރަމް އަށް ފެށީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވެފައި އެތަންތަނަށް ދާ ދިވެހީންގެ އަދަދު އިތުރުވަމުންދާތީ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

އެގޮތުން އެންމެ ފުރަތަމަ މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓު ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ އިއްޔެ މެންދުރު ފަހު އެވެ.

މީގެ ކުރިން ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއަރބަސް އޭ320 މަރުކާގެ ބޯޓުގައެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާ ނަމަ އޭ330 މަތިންދާބޯޓުގެ ދަތުރުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަނުން އަލަށް ގެނައި، އެއާބަސް އޭ-330 މަރުކާގެ ވައިޑް ބޮޑީ އެއާ ކްރާފްޓްގެ ދަތުރުތައް ޗައިނާއިން ރާއްޖެއަށް ކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

މޯލްޑިވިއަންގެ އައު މަތިންދާ ބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް ވެސް ވަނީ އިތުރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވެއްޖެޚަބަރު | 2 ދުވަސް ކުރިންއަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަދޫގައި ސީޕްލޭން ދަތުރުތައް ފަށަނީޚަބަރު | 4 ދުވަސް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވިއަނުން އެފްއައިޓީ ޓީކެޓުގެ އަގުހެޔޮކޮށްފިވިޔަފާރި | 6 ދުވަސް ކުރިންއެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއްޚަބަރު | މަހެއް ކުރިން