logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2025 - 11:02
އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ 3.6 މިލިއަންގެ ހުކުމެއް

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ވެވުނު ސެޓްލްމަންޓް އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ، ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމުމަށް ވެވުނު އެއްބަސްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން ވަނީ އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށް ދައުވާ އުފުލާފައެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ. އެ ފައިސާ ދެއްކުމަށް އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް، އައިލެންޑް އޭވިއޭޝަނުން އެކަމަށް އިއުތިރާޒުކޮށްފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް އެމްޑީޕީއަށް އެންގުމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއީ މި މައްސަލައިގައި އެމްޑީޕީން އައިލެންޑް އޭވިއޭޝަނާއެކު ހަދާ ދެވަނަ ސެޓްލްމަންޓް އެއްބަސްވުން ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | 21 ގަޑިއިރު ކުރިންއެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | 2 ދުވަސް ކުރިންމޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | 9 ދުވަސް ކުރިންޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެޚަބަރު | 21 ދުވަސް ކުރިން