logoEN
ޚަބަރު

ހުޅުމާލެއިން 16 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހިގެ ކުރީގެ ފޮޓޯއެއް: އެ ސަރަޙައްދުން  ވެސް ގިނަ ބިންތަކެއް ވަނީ ވިއްކާފައި -- ފޮޓޯ/ ޕީއެްސްއެމް ނިއުސް

ހުޅުމާލެ ދެވަނަ ފިޔަވަހިގެ ކުރީގެ ފޮޓޯއެއް: އެ ސަރަޙައްދުން ވެސް ގިނަ ބިންތަކެއް ވަނީ ވިއްކާފައި -- ފޮޓޯ/ ޕީއެްސްއެމް ނިއުސް

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

12 ސެޕްޓެމްބަރު 2024 - 06:11

ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 16 ބިމެއް ވިއްކަން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން މިަދު ނެރުނު އިއުލާނެއްގައި ބުނީ، ހުޅުމާލެ އިން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ބާވަތެއްގެ ޖުމްލަ 16 ބިމެއް ކަމުގައެވެ. އެއީ ބީޗް ފްރޮންޓާއި ބީޗް ސައިޑުން ވިއްކާ ބިމެވެ.

އެ އިއުލާނުގައިވާ ގޮތުން، ބީޗް ފްރަންޓުން ވިއްކަނީ އަށް ބިމެކެވެ. އެ ބިންތައް އުޅެނީ 1095.98 އަކަފޫޓާ 3252.00 އަކަފޫޓާ ދެމެދުގައެވެ. އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އަދި ބީއަދި ބީޗް ސައިޑުން ވިއްކާ އަށް ބިން އުޅެނީ 1440.80 އަކަފޫޓާ 3972.00 އަކަފޫޓާ ދެމެދުގައެވެ. މި ބިންތަކުގެ އަގު އުޅޭނީ އަކަފޫޓެއް 4،000 ރުފިޔާއަށެވެ.

އެ ބިންތައް ވިއްކުމަށް އެޗްޑީސީން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. އަދި ދެވަނައަށް އޮތީ އިންވެސްޓާ ނުވަތަ ޕްރޮޖަކްޓް ރަޖިސްޓްރޭޝަން މަރުހަލާއެވެ.

އެގޮތުން ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ދެން ޖެހޭނީ ބީލަން ހުށަހަޅަން ކަމުގައި އެޗްޑީސީން ބުންޏެވެ..

ބީލަމަށް ދާނަމަ، އެޗްޑީސީން ބުނި ގޮތުގައި 500،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.

މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލި އެވެ. އޭރު އެއް ބުރުގައި ވަނީ 17 ބިމެއް އަދި އަނެއް ފަހަރު 13 ބިމެއް ވިއްކަން ހުޅުވާލައިފައެވެ.

ކޮމެންޓް

871x217_placeholder