އަންހެނުންގެ ދުވަހާއި ގުޅިގެން މީރީ އިން ޚާއްސަ ކެމްޕެއިނެއް ފަށަނީ


05 މާރިޗު 2025 - 06:38
އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިޔާ ކެމްޕެއިންނެއް ފަށައިފިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން، މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ ޕްރޮޖެކްޓާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ "ހުނަރުވެރި ޒުވާނާ" ޕްރޮގްރާމްގެ ދަށުން، ވިޔަފާރިއާއި ތަފާތު އެކި ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ އަންހެނުންނާއި ބައްދަލުކޮށް، އެ ކަނބަލުންގެ ތަޖުރިބާ މުޖުތަމަޢުއާއި ޙިއްސާކުރުމަށް ސޯޝަލް މީޑިޔާ ކެމްޕެއިނެއް ފަށައިފައެވެ.
އަންހެނުންގެ ދުވަހަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ކެމްޕެއިންގައި ބައިވެރިވެ، މަސައްކަތްކުރާ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އަމިއްލަ ތަޖުރިބާ ޙިއްސާކުރުމަކީ އެހެން އަންހެނުންނާއި އަންހެން ކުދިންނަށް، ބޭނުންވާ ދާއިރާއަކުން ކުރިއަރައި ދިޔުމަށް ލިބިގެންދާ އިތުރު ހިއްވަރެކެވެ.
މި ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މީރީ ޕްރޮޖެކްޓްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަށް މެދުވެރިކޮށް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.
އިތުރު ލިޔުންތައް

ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ޚިދުމަތްތެރިންގެ ދަފުތަރެއް އެކުލަވާލަނީ
8 މަސް ކުރިން
އަހަރުގެ މިހާތަނަށް 210 ޕްރޮގްރާމެއް އެމްކިއުއޭއިން އެކްރެޑިޓްކޮށްދީފި
8 މަސް ކުރިން
އެލެވެންސް އަކާ އެކު ނޭޝަނަލް ސެޓްފިކެޓެއް ހާސިލް ކުރުމުގެ ފުރުސަތު
7 މަސް ކުރިން.webp&w=3840&q=75)