logoEN
ކުޅިވަރު

ވެޓެރަންސް ލީގުގައި މުއިވެޔޮ ފްރެންޑްސް ގެ ކެޕްޓަނުގެ ގޮތުގައި ނައިބްރައިސް ލަޠީފް

ނައިބު ރައީސް ލަޠީފް ކުޅުއްވާނީ މުއިވެޔޮ ފްރެންޑްސް ވެޓެރަން ޓީމުގެ ކެޕްޓަންގެ ގޮތުގަ. ފޮޓޯ: މެދުރޮނގު

ނައިބު ރައީސް ލަޠީފް ކުޅުއްވާނީ މުއިވެޔޮ ފްރެންޑްސް ވެޓެރަން ޓީމުގެ ކެޕްޓަންގެ ގޮތުގަ. ފޮޓޯ: މެދުރޮނގު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 މާރިޗު 2025 - 08:20

މިއަހަރުގެ ވެޓެރަންސް ލީގުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކޮންމެ ރަމަޟާން މަހަކު ބާއްވާ ވެޓެރަންސް ލީގުގައި، މިއަހަރުވެސް ނައިބު ރައީސް ލަޠީފް ކުޅުއްވާނީ މުއިވެޔޮ ފްރެންޑްސް ވެޓެރަން ޓީމުގެ ކެޕްޓަންގެ ގޮތުގައެވެ.

މިއަހަރުގެ މުބާރާތުގައި މުއިވެޔޮ ފްރެންޑްސް ވަނީ ގްރޫޕް ބީގައެވެ. އެ ޓީމުގެ ފުރަތަމަ މެޗު އިއްޔެ ކުޅުނީ ދަ ގްރާންޑް ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑްގެ އިބްރާހިމް ޒަޢީމް ޕެނަލްޓީއަކުން ލީޑު ނެގި ނަމަވެސް، ދެ މިނެޓު ފަހުން މުއިވެޔޮއަށް އަޙްމަދު ނިޔާޒް ވަނީ ލަނޑެއް ޖަހާފައެވެ.

މި މުބާރާތުގައި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަޙްމަދު އަޝްފާން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އޭނާ ކުޅުއްވަނީ ދަ ގްރާންޑް ޓީމުގައެވެ.

މުއިވެޔޮ އާއި ދަ ގްރާންޑްގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ. ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ، ވިލިމާލެ، ދިވެހި ސިފައިންގެ ކްލަބް، ޒެލޮޓް އަދި ހުއްރިއްޔާއެވެ

ކޮމެންޓް

871x217_placeholder