logoEN
ކުޅިވަރު

ޕީ.އެސް.ވީ ފަސޭހަކަމާއެކު ބަލިކުރުމަށްފަހު އާރސެނަލް ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލާއި ގާތަށް

އާރސެނަލްގެ ފަރާތުން ރޭގައިވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި. ފޮޓޯ: އާރސެނަލް

އާރސެނަލްގެ ފަރާތުން ރޭގައިވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި. ފޮޓޯ: އާރސެނަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 މާރިޗު 2025 - 08:28

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ނެދަލަންޑްސްގެ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މޮޅާއެކު އާސެނަލްއަށް ވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައެވެ.

ޕީއެސްވީގެ ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޖަހާފައިވަނީ ޖުރިއެން ޓިމްބަރއެވެ. އޭގެ ތިން މިނެޓު ފަހުން އީތަން އެންވަނޭރީ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މިކޭލް މެރީނޯ އިތުރު ލަނޑެއް ޖެހި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްވީގެ ނޯއާ ލޯންގް ވަނީގޯލެއް ޖަހާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި ޓްރޮސާޑް ވަނީ ވިދިވިދިގެން ދެ ލަނޑު ޖަހައިފައެވެ.

މެޗުގެ 73 ވަނަ މިނެޓުގައި އޮޑެގާޑް އިތުރު ލަނޑެއް ޖެހުމަށްފަހު، މެޗުގެ ފަހު މިނެޓުތަކުގައި ރިކާޑޯ ކަލަފިއޯރީ ވަނީ އާސެނަލްގެ ހަތްވަނަ ލަނޑު ޖަހައިފައެވެ. މި މޮޅާއެކު އާސެނަލްއަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުވުމާ ކައިރިވެފައިވާއިރު، އެ ޓީމާ ދެކޮޅަށް ކުޅޭނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ދެވަނަ ލެގް އަންނަ ބުދަ ދުވަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭއިރު، މި ތަފާތު ބޮޑު ނަތީޖާއާއެކު ޕީއެސްވީއަށް ކުއާޓަރ ފައިނަލްގެ ޖާގައެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައިވެއެވެ

ކޮމެންޓް

871x217_placeholder