ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފި


05 މާރިޗު 2025 - 12:17
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މި ތަކެތީގެ މަގުމަތީ އަގު 856,000 ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ލަފާކުރައްވައެވެ.ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތި އަދި ޕެކޭޖް ބަލައި ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގްރާމްގެ ކެނެބިސް ބާވަތުގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ. އަދި މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި މިދިޔަ މަހު 19 މީހަކު ހައްޔަރުކޮށްފައިވެއެވެ.
އިތުރު ލިޔުންތައް

ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް
7 މަސް ކުރިން
ރަހީނުކޮށް ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލައިގައި ސިފައިންގެ ދެމީހުން ހިމެނޭ - ޕޮލިސް
7 މަސް ކުރިން
މެލޭޝިއާއިން ރާއްޖެއަށް ޑްރަގް ގެެނެސް، އިނގިރޭސިވިލާތަށް ބޭރުކުރަން އުޅުނު މައްސަލައެއް
7 މަސް ކުރިން