logoEN
ޚަބަރު

ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް ސުޢޫދު އިސްތިއުފާދެއްވައިފި

އަލްއުސްތާޛު ޙުސްނުއްސުޢޫދު؛ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއް

އަލްއުސްތާޛު ޙުސްނުއްސުޢޫދު؛ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއް

ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް ސުޢޫދު އިސްތިއުފާދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން އިއްޔެ ގައި އިސްތިއުފާ ދެއްވާފައިވާތީ، އިއްޔެއިން ފެށިގެން ސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެފައިވާ ކަމަށެވެ.

ޖޭއެސްސީއަށް އެޑްރެސްކޮށް، ހުސްނުއްސުއޫދު ވަނީ މި ސިޓީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައެވެ.

ފަނޑިޔާރަކު އިސްތިއުފާ ދެއްވާ ނަމަ، އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވަންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ ބައްދަލުވުމެއްގައި އިއްޔެ ވަނީ ނިންމާފައިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ޖޭއެސްސީ އިން ވަނީ މިފަހުން ބުނެފައެވެ.

ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ކޮމިޝަނަށް ތަހުގީގީ އިދާރާއަކުން އަންގައިފި ނަމަ އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ އެވެ.

ކޮމެންޓް

871x217_placeholder