logo
Bank of Maldives

Bank of Maldives

ޚަބަރު

ސިއްޙަތަށް ނުރައްކާވެދާނެ ކުކިން ސޯސްއެއް ރާއްޖޭގައި ބޭނުން ނުކުރަން އެމްއެފްޑީއޭއިން އަންގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 މާރިޗު 2025 - 18:27
 ސިއްޙަތަށް ނުރައްކާވެދާނެ ކުކިން ސޯސްއެއް ރާއްޖޭގައި ބޭނުން ނުކުރަން  އަންގައިފި

ސިއްޙަތަށް ނުރައްކާވެދާނެތީ "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، އަދި ރާއްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރުކޮށްފައިވާ މި ކުކިން ސޯސްގައި ބިސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވާތީ، އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ހާމަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެފްޑީއޭއިން އިތުރަށް ބުނެފައިވަނީ، މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ. އަދި ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައިނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކަލެއް ދިމާވެދާނެފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، "މާސްޓަ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް" ރާއްޖެ އެތެރެ ނުކުރުމަށާއި، ރާއްޖޭގައި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 3014361 ނުވަތަ 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުން އުކާލާ ތެލުން ކާބޯތަކެތި ތައްޔާރުކުރާނަމަ ފިޔަވަޅު އަަޅަނީޚަބަރު | 15 ގަޑިއިރު ކުރިންގެސްޓްހައުސްތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖީސްޓްރީ ކުރަން އަންގައިފިޚަބަރު | 12 ދުވަސް ކުރިންގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދިޔަ 25 ތަނެއް ބަންދުކޮށްފި ޚަބަރު | މަހެއް ކުރިންކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަނީ ޚަބަރު | 2 މަސް ކުރިން