logoEN
ޚަބަރު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

05 މާރިޗު 2025 - 18:57

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

ފެނަކައިން މިއަދު ބައެއް މީޑިއާތަކަށް ބުނެފައިވަނީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ ދެ މަސް ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި މާރިޗު މަހުގެ 17 ވަނަ ދުވަހު ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓުގެ އާ ޖަނ ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވާފައިވާ ކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.

މިގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭ 1.8 މެގަވޮޓުގެ އިތުރު އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފެނަކައިން ބުނެފަވެއެވެ.

މީގެ އިތުރުން، ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުންކުރަމުން އަންނަ ކަމަށާއި، ދެވަނަ ޖަނަރޭޓަރު މަރާމާތުކޮށް ރަމަޟާން މަހުގެ ކުރިން ނިންމޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކޮށް ނިންމާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އިއްޔެ ކަރަންޓު ކެނޑުނު މައްސަލައާ ގުޅޭގޮތުން ފެނަކައިން ބުނެފައިވަނީ، އެއީ ޖަނަރޭޓަރު ސެޓަކަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް އައްޑޫގައި ހުރި ކަމަށާއި، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މަރާމާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.

އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތަށް ރާއްޖެއިން ބޭރުން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.

ކޮމެންޓް

871x217_placeholder